ރާއްޖޭގެ ބޭރުގެ ދަރަނީގެ 11 ޕަސެންޓް ހިއްސާ ބޭރުގެ ސަރުކާރުތަކަށް

ދަރަނީގެ ބޮޑުބައި ހިއްސާ ކުރާ ކޮންޓްރެކްޓާ ފައިނޭންސިންގެ މަޝްރޫއުތައް ހިންގަން ބޭރުން ދިން ލޯނެވެ. އެއް ގައުމަކަށް އެންމެ ބޮޑު ލޯނު އޮތީ އިންޑިއާ އެވެ.

ރާއްޖޭގައި ބައިލެޓްރަލް ލޯނަކުން މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއު -- މި

ދިވެހި ރާއްޖޭގެ ދައުލަތް، ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ ބޭރު ދަރަނީގެ 11 ޕަސެންޓަކީ ބައިލެޓްރަލް ގުޅުންތަކާއެކު އެހެން ގައުމުތަކުގެ ސަރުކާރުތަކުން ނަގާފައިވާ ލޯނެވެ. ބޭރު ގައުމުތަކުގެ ސަރުކާރު ތަކަށް ދައްކަން ޖެހޭ ދަރަންޏެވެ. މިކަން އެނގެނީ ފިނޭންސް މިނިސްޓަރީގެ މައުލޫމާތުތަކުންނެވެ. 

ރާއްޖޭގެ ދަރަނީގެ ޕޯޓްފޯލިއޯ މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ ރާއްޖޭގެ ބޭރުގެ ދަރަނީގެ ޖުމްލަ ނަމްބަރުގައި ގެރެންޓީ ހިމަނައިގެން ޖުމްލަ އަދަދު އުޅެނީ 48.78 ބިލިއަން ރުފިޔާ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 11 ޕަސެންޓެވެ. 

ބޭރުގެ ދަރަނި ބެހިގެންގޮސްފައިވާ ގޮތް

  •  ބަޔާސް ކްރެޑިޑްސް (ކޮންޓްރެކްޓާ ފައިނޭންސިން ) 37 ޕަސެންޓް
  •  ބޮންޑް ހޯލްޑަރުންގެ ދަރަނި 28 ޕަސެންޓް
  •  މަލްޓިލެޓްރަލް އެޖެންސީ (ބޭރުގެ އެޖެންސީތައް) 19 ޕަސެންޓް
  •  ބައިލެޓްރަލް (ބޭރުގެ ގައުމުތަކުގެ ސަރުކާރުތަކުގެ ދަރަނި) 11 ޕަސެންޓް
  •  ޕްރައިވެޓް (އަމިއްލަ ފަރާތްތަކުގެ ދަރަނި) ފަސް ޕަސެންޓް

ރާއްޖޭގެ ބޭރުގެ ދަރަނީގެ ތެރޭން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ބަޔާސް ކްރެޓިޑްސް ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން އެވެ. މިއީ ރާއްޖޭގެ ދަރަނީގެ ޕޯޓްފޯލިއޯގައި މިހާރު އެންމެ ބޮޑަށް އިތުރުވަމުންދާ ދަރަނި ކަމަށް ވެސް ދައްކަ އެވެ. 

މިގޮތުން ރާއްޖޭގެ ބޭރުގެ ދަރަނީގެ 37 ޕަސެންޓުގެ ހިއްސާ ކުރަނީ މި ދަރަންޏެވެ. މިއީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބޭރުގެ ކޮންމެ ވެސް ބޭންކްތަކުން ސަރުކާރުގެ ޔަގީންކަމާއެކު ބަޖެޓް ކޮށްފައިވާ މަޝްރޫއުތަކަށް ފައިސާ ހިފައިގެން މަޝްރޫއު ހިންގަން އަންނަ ފަރާތްތަކުން ނަގާފައިވާ ދަރަންޏެވެ. 

ދެން އެންމެ ގިނައީ ބޮންޑް ހޯލްޑާސްގެ ދަރަންޏެވެ. މި އަދަދުގެ ޕަސެންޓޭޖަކީ 28 ޕަސެންޓެވެ. މީގެ އިތުރުން ދެން ހިމެނެނީ މަލްޓިލެޓްރަލް އެޖެންސީ (ބޭރުގެ އެޖެންސީތައް) އައިޑީޕީ ނުވަތަ ވޯލްޑް ބޭންކް ފަދަ އެޖެންސީތަކުން ނަގާފައިވާ ދަރަންޏެވެ. މިބައިގެ ހިއްސާއަކީ 19 ޕަސެންޓެވެ. 

ރާއްޖޭގެ ދަރަނީގެ 11 ޕަސެންޓް ހިއްސާ ކުރާ ބަޔަކީ ސީދާ ބޭރުގެ ސަރުކާރުތަކުން ނަގާ ދަރަންޏެވެ. މިބައިގައި ހިމެނެނީ އިންޑިއާ އާއި ޗައިނާ އަދި ޖަޕާންގެ އިތުރުން ޔޫއޭއީފަދަ ގައުމުތަކެވެ. ކުރިން ދިވެހި ސަރުކާރުން ޗައިނާއިން ގިނަ ލޯނުތަކެއް ނެގި ނަމަވެސް މި ސަރުކާރުން ލޯނު ނަގަނީ އިންޑިއާއިންނެވެ. މިހާރު އިންޑިއާގެ ދަރަނި ދެ ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް ހިސާބުތަކުން ކަށަވަރު ވެއެވެ. 

ރާއްޖޭގެ ބޭރުގެ ދަރަނީގެ 72 ޕަސެންޓް ހިއްސާ ކުރަނީ ލޯނެވެ. އަދި ބާކީ އޮތް 28 ޕަސެންޓް ހިއްސާ ކުރަނީ ދަރަނީގެ އެހެން ވަސީލަތްތައް ކަމަށްވާ ސެކިއުރިޓީސް އެވެ. އަދި ރާއްޖޭގެ ދަރަނީގެ ތެރޭން ބޭރުގެ ފައިސާއަކުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ ޑޮލަރުންނެވެ. ޑޮލަރުން ނެގި ލޯނުތަކުގެ ހިއްސާއަކީ ޖުމްލަ ދަރަނީގެ 72 ޕަސެންޓެވެ. 

10 އަހަރުން ދައްކަން ޖެހޭ އަދަދު 17 ބިލިއަން

ރާއްޖޭގެ ލޯނުތަކުގެ ތެރޭން ދިގު މުއްދަތަށް ބަލާއިރު ކުރިއަށް އޮތް 10 އަހަރަށްވުރެ ގިނަ ދުވަހުން ދައްކަން ޖެހޭ ލޯނުގެ ނަމްބަރަކީ 17.67 ބިލިއަން ރުފިޔާ އެވެ. އަދި ކުރިއަށް އޮތް 4-3 އަހަރާ ދެމެދު 9.21 ބިލިއަން ރުފިޔާ ލޯނަށް ދައްކަން ޖެހެ އެވެ. އަދި ފަސް  10-5 އަހަރާ ދެމެދު 3.69 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. 

ރާއްޖޭގެ ދަރަނީގެ ހާލަތު - މިދިޔަ އަަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 107.7 ބިލިއަން ރުފިޔާއަށް އުފުލި ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 113 ޕަސެންޓަށް މައްޗަށް ޖެހިލައިފި އެވެ. ރާއްޖޭގެ ދަރަނީގައި 2022 ގެ އަހަރީ ގްރާފް ދައްކާ ގޮތުން 2022 ވަނަ އަހަރު ރާއްޖޭގެ ދަރަންޏަށް ނުވަ ބިލިއަން ރުފިޔާ އިތުރުވެފައި ވެ އެވެ. މިދިޔަ އަހަރު ފެށުނުއިރު ރާއްޖޭގެ ގެރެންޓީ ހިމަނައިގެން ބަލާނަމަ ދަރަނި ހުރީ 98.4 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އަހަރުގެ ފަހު ހަތަރު މަސް ނިމުނުއިރު މި އަދަދު ވަނީ 107 ބިލިއަން ރުފިޔާއަށް މައްޗަށް ޖެހިލާފައި ވެއެވެ. މިއީ ޖީޑީޕީގެ ނިސްބުން ބަލާނަމަ 113 ޕަސެންޓެވެ. އަހަރު ފެށުނުއިރު ދަރަނި ޖީޑީޕީގެ ނިސްބަތުން ޕަސެންޓޭޖް ހުރީ 103 ޕަސެންޓުގަ އެވެ.

ކޮމެންޓް

1
450
ނިހާމް
10 months ago

ދަރަނީގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ސަރުކާރުން އަދި ވަކިން ހާއްސަކޮށް ފިނޭންސް މިނުސްޓަރު އޭނޭގެ މަގާމާއި އެ މީހުންގެ ސަރުކާރު ދިފާއު ކުރުމަށްޓަކައި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރޭ. ވޯލްޑް ބޭންކު ވެސް އޮންނާނީ ހިލޭ ޗުއްޓީ ދަތުރު ދީގެން ގަނެފައި

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.