ގޯލްޑް 100 ގައި އަލްޝާލީ މެރިން - ރަން އަކުރުގެ ނަމެއް

އޭސް މެރިންއަކީ މެރިން އިންޑްސްރީގެ ޓޯޓަލް ސޮލިއުޝަން ދޭ ކުންފުންޏެކެވެ. މިހާރު މި ކުންފުނިން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އާރުޓީއެލްގެ 65 އުޅަނދު ބަނުމުގެ މަސައްކަތެވެ.

އަލްޝާލީ މެރިންއަށް ލިބުނު އެވޯޑާ އެ ކުންފުނީގެ ޖީއެމް ޝަރީފު ހަވާލުވެޑައި ގަންނަވަނީ -- ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ އެންމެ ވިދުން ގަދަ ވިޔަފާރިތައް ހޮވައިދޭ އެންމެ ޝަރަފުވެރި އެއް ވަނަ ކަމަށްވާ ގޯލްޑް100 މިވަނީ ބާއްވާފަ އެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ހޮވާ މި ޝަރަފުވެރި ލިސްޓުގެ އެންމެ ކުރީގައި މި ފަހަރު ވެސް އަލްޝާލީ މެރިން ނުވަތަ އޭސްމެރިން މޯލްޑިވްސް ހިމެނެ އެވެ. ސަބަބުތައް ބައިވަރެވެ. އެއް ސަބަބަކީ އަލްޝާލީ މެރިންއަކީ މި ފަދަ ވަނައަކަށް ދުނިޔޭން ބެލިޔަސް އެންމެ އެކަށޭނެ އެއް ކުންފުންޏަށްވުމެވެ. މި ފަހަރުގެ ގޯލްޑް 100 ގައި ވެސް އެ ކުންފުނީގެ ވިދުން ގަދަ އެވެ. 

ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 ކްރޮސްރޯޑުގައި ބާއްވާފައިވާއިރު މިއަހަރުގެ އެވޯޑާ އަލްޝާލީގެ ފަރާތުން ހަވާލުވެޑައިގަތީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު އެވެ. މިއީ އަލްޝާލީ މެރިންއިން މި އެވޯޑު ހާސިލްކުރި ހަތް ވަނަ އަހަތެވެ.އަދި މިއީ މި އެވޯޑު މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ ހަތް ވަނަ އަހަރެވެ.

ވިޔަފާރީގެ އެންމެ ޕްރެސްޓީޖް އެއް އިވެންޓުގެ ގޮތުގައި ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ ގޯލްޑް 100 ގައި އަލްޝާލީ މެރިންއަކީ މުހިންމު ބައިވެރިއެކެވެ. ގިނަ އަހަރުތަކެއްގައި އެ ކުންފުނިން މި މުހިންމު އިވެންޓުގެ މުހިންމު ޕާޓްނަރުކަން ވެސް ކުރި އެވެ. 

އޭސްމެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު -- ކޯޕަރޭޓް މޯލްޑިވްސް

އޭސްމެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ މިފަދަ އިވެންޓުތަކުގައި އެ ކުންފުނިން ބައިވެރިވުމުގެ މައިގަނޑު ސަބަބަކީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާއްމުންނަށް މިފަދަ ބޮޑު ފައިދާއެއް ކުރާ ވިޔަފާރި ފަދަ މުހިންމު ދާއިރާއެއްގެ އިވެންޓުތަކުން އަލްޝާލީގެ ނަން ފެންނަ ސަބަބަކީ މި އެވެ. 

އޭސް މެރިން ކޮން ބައެއް؟ - ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެއްގެ ގޮތުގައި ފެށި އަލްޝާލީ މެރިން މޯލްޑިވްސްއަކީ 1979 ވަނަ އަހަރު އުފެދިފައިވާ އަލްޝާލީ މެރިންގެ ކުންފުންޏެކެވެ. ރާއްޖޭގެ މެރިން އިންޑަސްޓްރީގެ މޫނުމަތި ބަދަލުކޮށްލި މި ވިޔަފާރި ރާއްޖޭގެ ހަފޮޅުން އެތެރެވީ ރާއްޖޭގެ ކޯސްޓްލައިންގެ ކުންފުނީގެ ޕާޓްނަރުކަމުގަ އެވެ. މި ބޮޑު ބަދަލު ފެށުނީ 2006 ވަނަ އަހަރު އެވެ. މިއަދު މި ކުންފުންޏަކީ މެރިން އިންޑަސްޓްރީގެ ބޯޓު ބިލްޑިންގެ ޓޯޓަލް ސޮލިއުޝަން ދޭ ކުންފުންޏެވެ. ކ. ތިލަފުށީގައި މައި ބޯޑިޔާޑު ހުންނަ މިތަން ވެގެން ގޮސްފައިވަނީ މެރިން އިންޑަސްޓްރީއަށް އެންމެ އެހީތެރިކަން ލިބޭ އެއް ވިޔަފާރިއަށެވެ.

މިހާރު އަލްޝާލީ މެރިންއިން 17 ފޫޓުގެ ޑިންގީން ފެށިގެން ގޮސް 50 ފޫޓުގެ ބޮޑެތި ޑައިިވިން ދޯނިވެސް ބަނދެކެވެ. އަދި މި ކުންފުންޏަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ދޭ މޯލްޑިވްސް ބޯޓިން އެވޯޑުގެ ރަން ވަނަތައް އެންމެ ގިނައިން ހާސިލް ކުރި ކުންފުންޏެކެވެ. މިހާރު މި ކުންފުނިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަކީ މުޅިރާއްޖެ ގުޅާލާ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔައްވަހީގެ 65 ސްޕީޑް ފެރީ ބަނުމެވެ. 

ކޮމެންޓް

1
450
އަބުހަރީ އަހުމަދު
11 months ago

އަލްޝާލީ މެރިންގެ ލޯންޗު ފަހަރު ރީތިވެފައި ކަނޑަށް ގަދަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.