ޔުކްރޭންގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފި

އުއްތަމަ ފަނޑިޔާރު ވްސެވޮލޮޑް ކްނިއަޒިއެވް އާއި އެހެން ފަނޑިޔާރުންތަކެއް ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަންގަވާފައިވާ ކަމަށް ޔުކޭރޭނުން ތުހުމަތު ކުރެ އެވެ.

ޔުކްރޭންގެ އުއްތަމަ ފަނޑިޔާރު ވްސެވޮލޮޑް ކްނިއަޒިއެވް: މިހާރު ވަނީ ހިފަހައްޓާ ހައްޔަރުކޮށްފައި

ރަޝިއާ އާއެކު ބޮޑު ހަނގުރާމައެއްގެ ތެރޭގައި އޮތް ޔުކްރޭނުގެ އުއްތަމަފަނޑިޔާރު ވްސެވޮލޮޑް ކްނިއަޒިއެވް ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކުރީ 2.7 މިލިޔަން ޑޮލަރު ހިމެނޭ ރިޝްވަތުގެ މައްސަލައެއްގެ ތެރެއިންނެވެ. އެއީ ރިޝްވަރު ހިފުމުގެ ތުހުމަތުގަ އެވެ.

އުއްތަމަ ފަނޑިޔާރާއިު ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅާފައި ވަނީ ޔޫކްރެއިންގެ ބިލިޔަނަރެއް ކަމުގައިވާ ކޮސްޓިއަންޓިން ޒެވާގޯ ކަމަށް ތުހުމަތު ކުރެއެވެ. އޭނާގެ ވިޔަފާރި ކުންފުންޏެއްގެ އެކައުންޓަކުން ގާނޫނީ ވަކީލުންގެ ޓީމަކަށް 2.7 މިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން 1.8 މިލިޔަން ޑޮލަރު ފޮނުވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކަކަށް ކަމަށް ވެއެވެ. 

މި މައްސަލަ އުފުލިފައި ވަނީ އީޔޫގެ މެންބަރަކަށްވާން ޔޫކްރެއިނު ހުށަހަޅާފަ އޮތް އޮތުމުގެ ތެރެއިންނެވެ. އެ މަސައްކަތާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ މަސައްކަތް ވެސް ޔުކްރޭނުން ކުރާއިރު އޭގެ ތެރޭގައި ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރުމަކީ އީޔޫއަށް ޔުކްރޭނުން ކަށަވަރު ކޮށްދޭން ޖެހޭ ކަމަކަށް ހަދާފައި އޮވެ އެވެ. 


ޔޫކްރޭނުން ބަލާ 2.7 މިލިޔަން ރުފިޔާގެ ކޮރަޕްޝަން މައްސަލައިގެ ތެރެއިން އުއްތަމަފަނޑިޔާރު ވްސެވޮލޮޑް ކްނިއަޒިއެވް ހައްޔަރު ކުރުމާއެކު އޭނާ މަގާމުން އޭނާ ދުރުކުރަން އެ ގައުމުގެ ފަނޑިޔާރުންގެ 140 ފަނޑިޔާރަކު ވަނީ ރުހުން ދީފަ އެވެ.

ކޮމެންޓް

1
450
އަހުމަދު އަލީ
11 months ago

ރާއްޖޭން ނަމަ ކަސްޓިއަން ޓިންއަކި އަލްހާނު. އަލްހާނުގެ ގައިމަ އަތްލާން ނުކެރުގެން އުޅެނީ އޭނާއަކީ ޖުޑީޝަރީ މިޑުލް މޭންއަކަށްވާތީ. ކިތަންމެ ލާރިއެއް ކެޔަސް ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.