ޖިންސީ ފުރައްސާރަ ކުރި އިންޑިއާ މީހަކު ބަންދަށް

ކޯޓު އަމުރުގައި ބަޔާންކުރާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ މުހްތާރު އަންސާރީ ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޖިންސީ ފުރައްސާރަ ކުރުން ނުވަތަ ނުރުހުމުގައި އަތްލުމުގެ ކުށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ކަނޑައަޅަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން، 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ބަޔާންކުރާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ.

ރާއްޖޭގައި ދިރިއުޅޭ ކުށް ކުރާ ބިދޭސީން ނިސްބަތުން ވަރަށް ގިނަ އެވެ. ވަރަށް ފަހުން ކޯޓުން ވަނީ ދަރިން ކުރިމަތީގައި އަނބިމީހާއަށް ގެވެށި އަނިޔާ ކުރި މައްސަލައެއްގައި އިންޑިއާ މީހަކު ބަންދުކޮށްފަ އެވެ.

ޖިންސީ ގޯނާގެ ދައުވާ ކޮށްފައިވާ އިންޑިއާ މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އެމީހާ ޑީޕޯޓްކޮށްލި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ. ގިނަ ބަޔަކު ބުނަނީ އިންޑިއާ މީހުންނަށް ފިޔަވަޅު ނާޅާ ދޫކޮށްލަނީ ކަމަށެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.