މާންދޫ ރުއްގަނޑު ވަރުވާއަށް ލިޔެދެނީ

މާލޭޝިއާގެ މުޑުވަށް ބޭނުންކޮށްގެން މީގެ 26 އަހަރު ކުރިން އާލާކޮށްފައިވާ މި ރުއްދަނޑު އުފެއްދުމުގެ ބާނީ އަކީ ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހިމެވެ.

ލ. މާންދޫ ރުއްގަނޑު

ދެކުނުގެ ހޮރައިޒަން މަސް ކާރުހާނާ ހިންގާ ސިނާއީ ރަށް، ލ. އަތޮޅު މާންދޫގެ އިރުމަތީ ފަރާތުގައި އޮންނަ ބިޔަ ރުއްގަނޑު ވަރުވާއަށް ލިޔެދީ ދޫކޮށްލަން ލ. ގަމު ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފި އެވެ.   

ގަމު ކައުންސިލްގެ އިދާރާއިން ބުނީ އެ ރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ އަތޮޅު މާންދޫ ރުއްގަނޑު ވަރުވާއަށް ލިޔެދީ، ދޫކޮށްލަން ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ރުއްގަނޑުގެ ބީލަމުގައި ބައިވެރި ވުމުގެ ފުރުސަތެއް އާންމުކޮށް ހުޅުވާލާ ކަމަށެވެ. 

އަދި ބީލަމުގައި ރަޖިސްޓަރީ ވާން އެދޭ ފޯމް ފުރިހަމަކޮށް މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ގަމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް / އީމެއިލް ކުރުމަށް ވެސް އެދިފައި ވެއެވެ. 

މާންދޫގެ ރުއްދަނޑަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން އޮންނަ ރުއް ދަނޑެކެވެ.

މާންދޫ ރުއްގަނޑު - ލ. އަތޮޅުގައި ފޮނަދޫ އާއި އިސްކަންދަރު އެއާޕޯޓް އޮންނަ ކައްދޫ އާއި ސިނާއީ ރަށް މާންދޫ އަދި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަން އޮންނަނީ އެއް ފަހުން ގުޅާލާފަ އެވެ. އެއީ ގާތްގަނޑަކަށް 19 ކިލޯ މީޓަރެވެ.

އެ ރާސްތާގައިު ހިމެނޭ މާންދޫގައި ވަރަށް ބިޔަ ބޮޑު ރުއް ދަނޑެއް އޮވެއެވެ. މިއީ ރާއްޖޭގައި މިހާ ތަރުތީބު ހައްދާފައިވާ އެންމެ ބޮޑު ރުއްދަނޑެވެ. 

މާލޭޝިއާގެ މުޑުވަށް ބޭނުންކޮށްގެން މީގެ 26 އަހަރު ކުރިން އާލާކޮށްފައިވާ މި ރުއްދަނޑު އުފެއްދުމުގެ ބާނީ އަކީ ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހިމެވެ. މާންދޫ ރުއްގަނޑަކީ ރާއްޖޭގެ އެންމެންގެ މެދުގައި ވަރަށް މަގުބޫލް ފޮޓޯ ސްޕޮޓެކެވެ.  ވަރަށް ގިނަ ބަޔަކު އެ މީހުންގެ ވެޑިން ފޮޓޯތައް މި ރުއްދަނޑުގައި ބާއްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.