ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރު އެންމެ އަގު ބޮޑީ އެސްޓީއޯގެ ހިއްސާއެވެ. އެ ކުންފުނީގެ ހިއްސާއެއްގެ އަގު މިހާރު ހުރީ 1350ރ. ގައެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހު ފަހުކޮޅު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
އެސްޓީއޯއިން މިއަދު އެ ކުންފުނީގެ ހިއްސާދާރުންނަށް ދިން ދައުވަތުގައި ބުނެފައި ވަނީ އެ ޖަލްސާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އެ ބައްދަލުވުމުގައި، "މައިކްރޮސޮފްޓް ޓީމްސް" މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ރެޖިސްޓަރީ ވެވެއެވެ.
އެސްޓީއޯގެ މުޅި ގްރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދު އެސްޓީއޯއަށް ވަކިން ހާއްސަކޮށްފައި ބަލާނަމަ އުޅެނީ 864 މިލިއަން ރުފިޔާގަ އެވެ. މިއީ އެސްޓީއޯއަށް 2021 ވަނަ އަހަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި ލިބުނު 576 މިލިއަން ރުފިޔާއާ އަޅާ ކިޔާނަމަ ބޮޑުތަން އިތުރު ވުމެކެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރު އެންމެ އަގު ބޮޑީ އެސްޓީއޯގެ ހިއްސާއެވެ. އެ ކުންފުނީގެ ހިއްސާއެއްގެ އަގު މިހާރު ހުރީ 1350ރ. ގައެވެ. ކުންފުނީގެ ޖުމްލަ މާކެޓް ކެޕިޓަލައިޒޭޝަނަކީ 1.5 ބިލިއަން ރުފިޔާއެވެ.