އައްބާސް ހާޒިރު ނުވުމުން ޝަރީއަތް ފެށުން ކެންސަލް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ފެށުމަށް މިއަދު 10:00 އަށް އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު އައްބާސް ކޯޓަށް ހާޒިރުނުވާތީ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދިނެވެ.

އައްބާސް އާދިލް ރިޒާ: އޭނާގެ މައްސަލަ މިއަދު ކޯޓުން ވަނީ ކެންސަލް ކޮށްފައި

އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ދައުވާ ކޮށްފައިވާ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރު ނުވުމުން މައްސަލައިގެ އަޑުއެހުންތައް ނުފަށައި ކެންސަލް ކޮށްފި އެވެ.

މާލޭގެ އެކިތަންތަނާއި އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާ ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ފެށުމަށް މިއަދު 10:00 އަށް އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު އައްބާސް ކޯޓަށް ހާޒިރު ނުވާތީ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދިނެވެ.

މި މައްސަލައިގައި މިހާތަނަށް އެންމެ އަޑުއެހުމެއް ވެސް ބާއްވާފައެއް ނުވެ އެވެ. މީގެ ކުރިން ތާވަލު ކުރި އަޑުއެހުމެއް ވެސް އޭނާއަށް ޗިޓު ރައްދު ނުވާތީ ވަނީ ކެންސަލް ކޮށްފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފަސްފަހަތް - ޑިސެމްބަރު 22، 2022 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އައްބާސް އާދިލް ރިޒާ ވާހަކަ ދައްކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް އައްބާސް ހިތްވަރު ދީފައިވެ އެވެ.

މީގެ އިތުރުން އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން ރާއްޖާގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ އޭނާ ޓްވީޓް ކޮށްފައިވެ އެވެ. މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެ ޓްވީޓްގައި ބުނެފައި ވަނީ ފެބްރުއަރީ 8، 2012 ގެ ހަމަނުޖެހުމުގެ ތެރޭ އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެހެން ނަމަވެސް، ލިބުނު އެ ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ގޮތުން "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ،" ކަމަށެވެ.

މި މައްސަލައިގައި އޭނާ ބަންދު ކޮށްގެން ގެންގުޅުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.