ސުޕްރީމް ކޯޓްގެ ނިންމުމަކީ ކާމިޔާބެއް، ޔާމީން ސަލާމަތް ވާނެ: ވަކީލް

"މުޅި ޖުމްލަ މައްސަލަ، އަޅުގަނޑުމެން ހުށައެޅި ގޮތަށް ސުޕްރީމް ކޯޓްގައި މާތްﷲގެ ތަނަވަސް ރަހްމަތާއެކު އަޅުގަނޑުމެންނަށް ކާމިޔާބު ވެގެން މިދިޔައީ. އަޅުގަނޑުމެން އެދުނު މިންވަރަށް ވުރެވެސް ބޮޑަށް ސުޕްރީމް ކޯޓުން އެކަމުގެ މަގު ކޮށައި ދެއްވައިފި،"

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިރޭ އިއްވި ހުކުމަކީ އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދޭން ވަަރަށް މުހިންމު ނިންމުމެއް ކަމަށް ރައީސް ޔާމީންގެ އިސް ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ހައިކޯޓުން މައްސަލަ ކާމިޔާބު ނުވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

ސުޕްރީމް ކޯޓުގައި ވެސް ޔާމީން އެދިވަޑައިގެންފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށެވެ. އަދި އަނެއް ކަމަކަށް ހުށަހަޅާފައި ވަނީ، މި ދެ ހެކިން ނުލާ ދެން ހުށަހަޅާފައިވާ ހެކިތަކާ މި މައްސަލައާ ގުޅުން އޮތްތޯ ބެލުމަށް ހުށަހަޅާފައިވާ ނުކުތާއެކެވެ. 

ނަމަވެސް ނިންމުން އައީ އެމަނިކުފާނުގެ އެދިވަޑައިގަތުމާއި ދެކޮޅަށެވެ. ހުކުމް އެގޮތަށް އޮތަސް ޑރ. ޖަމީލް ވަނީ ހުކުމްގައި ފާހަގަ ކުރައްވާފައިވާ މުހިންމު ނުކުތާތަކުގެ ސަބަބުން ކާމިޔާބު ލިބުނީ އެ ބޭފުޅުންނަށް ކަަމަށް ވިދާޅުވެފައެވެ. ދަށު ކޯޓްގައި މައްސަލަ ކުރިއަށްދާއިރުގައި އެންމެ ބޮޑު މައްސަލައަކީ ދައުލަތުގައި ހުރި ބައެއް ލިޔުންތައް ނުލިބުން ކަމަށާ މިރޭގެ ހުުކުމާއެކު އެ ހުރިހާ ލިޔުންތައް ބެލުމުގެ ފުރުސަތު ހުޅުވިގެން ހިނގައްޖެ ކަމަށެވެ.

"މުޅި ޖުމްލަ މައްސަލަ، އަޅުގަނޑުމެން ހުށައެޅި ގޮތަށް ސުޕްރީމް ކޯޓްގައި މާތްﷲގެ ތަނަވަސް ރަހްމަތާއެކު އަޅުގަނޑުމެންނަށް ކާމިޔާބު ވެގެން މިދިޔައީ. އަޅުގަނޑުމެން އެދުނު މިންވަރަށް ވުރެވެސް ބޮޑަށް ސުޕްރީމް ކޯޓުން އެކަމުގެ މަގު ކޮށައި ދެއްވައިފި. ސުޕްރީމް ކޯޓްގެ މިރޭގެ ހުކުމުގެ ނަތީޖާއަކީ ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމުންތަކެއް ބެލުމުގެ ފުުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ. އެއްވެސް އިސްތިސްނާއެއް ނެތި،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ވަކީލު، އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު --

މިއީ އިޖްރާތުގެ ތެރޭގައި ހުޅުވިގެންދިޔަ މުޅިން އައު ޗެޕްޓާއެއް. ދިފާއަށް ލިބިގެންދިޔަ ވަަރަށް ބޮޑު ކާމިޔާބީއެއް މިއީ ހަގީގަތުގައި. މީގެ ފަހުން ޖިނާއީ މިފަދަ ކޮންމެ މައްސަލައެއްގައިވެސް ދިފާއަށް ހަގީގަތުގައި ބިނާ ކުރުމަށްޓަކައި މި ކޮށިގެން ދިޔަ މަގަކީ ވަރަށް ތަނަވަސް ވަރަށް ފުރިހަމަ މަގެއް. މީހެއްގެ މައުސޫމިއްޔަތުކަން ސާބިތުކޮށް ދިނުމަށް ވަަރަށް މުހިންމު ކަމެއް

ޑރ. މުހައްމަދު ޖަމީލް އަހްމަދު | ރައީސް ޔާމީންގެ އިސް ވަކީލް

ޖަމީލް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވާތީ އެކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ އެ ބޭފުޅުންގެ ކަންބޮޑުވުމަކީ އެ ކަމާއިމެދު ދަށު ކޯޓުން ގޮތެއް ނުނިންމާ ކުރިއަށް ދިއުމަށެވެ. ނަމަވެސް މިރޭގެ ހުކުމާއެކު ކުރިއަށް އޮތްތާ އެ ދެ ބޭފުޅުންގެ ހެކި ބަސް ބަލައިގަތުމާމެދު ގޮތް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ފަނޑިޔާރުން ވަރަށް ސާފް ސަރީހަ ގޮތެއްގައި މި މައްސަލަ ކުރިއަށްދާއިރު މި ދެ ހެއްކާ [އަދީބު އާއި ޒިޔަތު] ބެހޭ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭނޭ. އަޅުގަނޑުމެން ބޭނުންވީ މިހާރުވެސް އެ ގޮތް ކަނޑައަޅަން،"

ޖަމީލް ވަނީ ފުއްގިރީގެ މައްސަލާގައި ރައީސް ޔާމީން ސަލާމަތްވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.