"ޑޮން 3" ގެ ސްކްރިޕްޓް ގާތްގަނޑަކަށް ނިމިފައި

"ޑޮން" އަކީ ފަރުހާންގެ ބައްޕަ ޖާވިދު އަހުތަރާއި ސަލްމާން ހާންގެ ބައްޕަ ސަލީމް ހާންގެ ސްކްރީންޕްލޭއަކަށް އަމީތާބް ބައްޗަނާއެކު ޑައިރެކްޓަރު ޗަންދުރާ ބެރޮޓް 1978 ގައި ގެނެސްދިން ވަރަށް ކާމިޔާބު ކްރައިމް އެކްޝަން ތުރިލާއެކެވެ.

ޝާހުރުކް ހާންގެ "ޑޮން" ކަރެކްްޓާ

ބޮލީވުޑްގެ މެގަ ސްޓާރު ޝާހްރުކް ހާން ހިމަނައިގެން ހަދާ "ޑޮން 3" ގެ ސްކްރިޕްޓް ނިމިފައިވާ ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނެފި އެވެ.  

ޑައިރެކްޓަރު ފަރުހާން އަހްތަރުގެ ގެނެސްދިން "ޑޮން" އާއި "ޑޮން 2" ގެ ތިން ވަނަ ބައިގެ ސްކްރިޕްޓް ލިޔަން ފަރުހާން ފެށީ 2021 ގަ އެވެ. "ޑޮން" ގެ އާ ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓާ އެކީ ހަދަން ނިންމާފައިވާ ފިލްމެކެވެ.

ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނީ "ޑޮން 3" ގެ ސްކްރިޕްޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ފަރުހާންގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފައިނަލް ކުރާނެ ކަމަށެވެ. އަދި ބުނީ އެންމެން ވެސް ތިބީ ސްކްރީނަށް އަލުން ޑޮން އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.

ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ "ޑޮން 2" އެވެ. އޭނާ ޝާހްރުކާ އެކީ ގެނެސްދިން "ޑޮން" އަކީ ފަރުހާންގެ ބައްޕަ ޖާވިދު އަހުތަރާއި ސަލްމާން ހާންގެ ބައްޕަ ސަލީމް ހާންގެ ސްކްރީންޕްލޭއަކަށް އަމީތާބް ބައްޗަނާއެކު ޑައިރެކްޓަރު ޗަންދުރާ ބެރޮޓް 1978 ގައި ގެނެސްދިން ވަރަށް ކާމިޔާބު ކްރައިމް އެކްޝަން ތުރިލާއެކެވެ. 

ޝާހްރުކާ އެކީ "ޑޮން" ގެ ދެ ފިލްމުގައި ބަތަލާގެ ރޯލު ކުޅުނީ ޕްރިޔަންކާ އެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.