ރާއްޖެ ހިމެނޭ ގޮތަށް ޓްރެފިކް ކުރަން އުޅުނު 1.4 ބިލިއަން ޑޮލަރުގެ ޑްރަގު އަތުލައިފި

އިންޑިއާގެ ނޫސްތަކުން އެ ގައުމުގެ ފުލުހާ ހަވާލާދ ބުނެފައިވާ ގޮތުގައި ކަނޑުމަތީން އަތުލައިގަތް މަސްތުވާތަކެއްޗަކީ އިންޑިއާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ގެންދަން ކުރަން ޓްރެފިކް ކުރަމުން ދިޔަ މަސްތުވާތަކެތި ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތި: މިއީ ފަހުގެ ތާރީހެއްގައި މިގޮތަށް އިންޑިއާއިން އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެތި

އިންޑިއާގެ ކެރެލާ ސަރަހައްދާއި ކައިރި ދެކުނު އައްސޭރިފަށުގެ ކަނޑުމަތިން 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަނޑުމަތީގެ އުޅަނދެއް ބަރާ ކޮށްގެން ކެރެލާއަށް ބާލަން ދަތުރު ކުރަމުން ދަނިކޮށް އަތުލައިގަތީ އެހެން ބޮޑު ބޯޓަކުން ކުޑަ ސްޕީޑް އުޅަނދަށް ބަރުކުރި މަސްތުވާތަކެއްޗެވެ. 

މި މައްސަލައިގައި ވަނީ ޕާކިސްތާން މީހަކު ހައްޔަރު ކޮށްފަ އެވެ. އެހެން ނަމަވެސް އެއީ ކޮން ގައުމަކުން އިންޑިއާ ތެރެއަށް ޓްރެފިކް ކުރާ މަސްތުވާތަކެތި ކަމެއް ބުނެފައެއް ނުވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހައި ޕިއުރިޓީ މެތަމްފެޓަމިން ނުވަތަ ކްރިސްޓަލް މެތު އެވެ. 

އޮޕަރޭޝަންގައި ހިމެނުނު ބައެއް ފަރާތްތަކާއި ޑްރަގު ގޯނިތައް

އިންޑިއާގެ ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާ މި ތަކެއްޗަކީ އެ ގައުމުގެ ނޫސްތައް ބުނާ ގޮތުން އިންޑިއާގެ ތާރީހުގައި ވެސް މިފަދަ އެއް އޮޕަރޭޝަނަކުން ހިފެހެއްޓި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. - އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. 

އިންޑިއާގެ ނޫސްތަކުން އެ ގައުމުގެ ފުލުހާ ހަވާލާދީ ބުނެފައިވާ ގޮތުގައި ކަނޑުމަތީން އަތުލައިގަތް މަސްތުވާތަކެއްޗަކީ އިންޑިއާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ގެންދަން ކުރަން ޓްރެފިކް ކުރަމުން ދިޔަ މަސްތުވާތަކެތި ކަމަށެވެ.

ކުޑަ ސްޕީޑް ބޯޓުން ޖުމްލަ 134 ގޯނި ނެގި އިރު ޕާކިސްތާނު މީހާ ހިފަހައްްޓާފައި އަދި ހުރީ ވެސް ސްޕީޑް ބޯޓުގަ އެވެ. 

އަތުލައިގަތް ގޯނިތަކުގައި ހުރި ޑްރަގު ޕެކެޓްތައް

މި މަސްތުވާތަކެތި އަތުލައިގަތީ "އޮޕަރޭޝަން ސަމުޑްރަގުޕްޓް" ގެ ނަމުގައި ހިންގާ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ ހެރޮއިން އާއި އެހެނިހެން މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާ ދެކޮޅަށް މި އޮޕަރޭޝަން ލޯންޗް ކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެންސީބީގެ ސިލްސިލާގެ މިފަހަރުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އެ ގައުމުގެ ކަނޑުގެ ސިފައިންނާއި ގުޅިގެނެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް މި ކަން ފުރަތަމަ އެލާޓް ކޮށްފައި ވަނީ އިންޑިއާގެ ކަނޑުގެ ސިފައިން ހުއްޓުވި އުޅަނދެއް ދެނެގަތުމުގައި ޝައްކެއް ވެގެނެވެ. 

މީގެ ކުރީން ޖެނުއަރީ 2022 ގައި އެންސީބީ އާއި އިންޑިއާގެ ކޯސްޓްގާޑުން ވަނީ ގުޖުރާތުގެ އައްސޭރީގައި އޮތް އުޅަނދެއް ހުއްޓުވައި ގާތްގަނޑަކަށް 300 ކިލޯގެ ކްރިސްޓަލް މެތު އަތުލާފަ އެވެ. އަދި ހައިދަރުއާބާދުން 300 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތު އަތުލައިގަނެ އެތައް ބަޔަކު ހައްޔަރު ކޮށްފައި ވެއެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.