ހިރިޔާ ސްކޫލްގެ އެފްބީ ޕޯސްޓްތައް ޑިލިޓް ކުރާ މައްސަލައެއް

ހިރިޔާގެ ޕޭޖުން ބައިވަރު ފޮޓޯ ޑިލީޓް ކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ ފޮޓޯއަކީ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގެ ފޮޓޯތަކެވެ.

ހިރިޔާ ސްކޫލްގެ މެނޭޖްމެންޓަށް އެނގުމަކާ ނުލައި އެ ސްކޫލްގެ ފޭސްބުކް ޕޭޖްގައި ހުންނަ ފޮޓޯތަކާއި ޕޯސްތައް ޑިލީޓް ކުރާ ކަމަށް ސްކޫލުންް ބުނެފިއެވެ. 

އެ ކަން އެ ސްކޫލުން އިއުލާނު ކޮށްފައި ވަނީ ވެސް ސްކޫލްގެ ފޭސްބުކް ޕޭޖްގަ އެވެ.

އެ ޕޭޖްގެ އެޑްމިން ބަލަހައްޓަނީ ސްކޫލް އިދާރާގެ ކޮން ސްޓާފުންނެއް ކަމެއް ބުނެދީފައެއް ނުވެއެވެ. އެފްޕީ ޕޭޖްތަކުން ފޮޓޯ ޑިލީޓް ކުރެވޭނީ ޕޭޖްގެ އެޑްމިންގައި ތިބޭ ފަރާތްތަކަށެވެ.

އިއްޔެ ތާރީހުގައި އެ ސްކޫލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސްކޫލްގެ ފޭސްބުކް ޕޯސްޓުތަކުން އެ ސްކޫލަށް އެނގުމަކާއި ނުލައި ބައެއް ފޮޓޯތައް ޑިލީޓް ކުރަމުންދާކަން އެ ސްކޫލަށް ފާހަގަ ވެފައިވާ ކަަމަށާއި އެގޮތަށް ފޮޓޯތައް ގެއްލޭ މައްސަލަ ބަލަމުންވެސް ގެންދާ ކަމަށެވެ.

ހިރިޔާގެ ޕޭޖުން ބައިވަރު ފޮޓޯ ޑިލީޓް ކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ ފޮޓޯއަކީ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގެ ފޮޓޯތަކެވެ.

ހިރިޔާ ސްކޫލަކީ 700 އެއްހާ ދަރިވަރުން ކިޔަވާ ސްކޫލެކެވެ. އެ ސްކޫލް ހުޅުވީ ޖޫން 14، 2009 ގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.