ޝަހިންދާ އަހައިފި: ފަސް އަހަރަށް އަފްރާޝީމާ ރިލްވާނަށް އިންސާފު ހޯދާ ނިމުނީތަ

އަފްރާޝީމާއި ރިލްވާނާއި ޔާމީންގެ ރަޝީދުގެ މައްސަލާގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދީފައެއް ނުވެއެވެ. އެހެން ކަމުން ފާޑު ކިޔުން އޮވެ އެވެ. ޝަހިންދާ އަކީ އެ މައްސަލަތަކާ ގުޅިގެން އެންމެ ގިނައިން ފާޑު ކިޔާ އެކެކެވެ.

ޝަހިންދާ އިސްމާއީލް:

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ މި ފަސް އަހަރަށް ވާވަރަށް ޑރ. އަފްރާޝީމާއި އަހުމަދު ރިލްވާންއާ ޔާމީން ރަޝީދަށް އިންސާފު ހޯދައިދީ ނިމުނީތޯ އުވާލާފައިވާ، ހައްދުފަހަނައެޅި އެމްޑީއެން ހިންގި ޝަހިންދާ އިސްމާއީލް ސުވާލު ކޮށްފި އެވެ.  

އަފްރާޝީމާއި ޔާމީން ރަޝީދަށް ހަމަލާ ދީ އަނިވެރި ގޮތަކަށް ވަނީ މަރާލާފަ އެވެ. އަހުމަދު ރިލްވާން ވަގަށް ނަގައި ނިޒާމުން ގެއްލުވާލީ އެވެ. އޭނާގެ މައްސަލާގައި ކުރި ތަހުގީގުތަކުގައި އޭނާ ވެސް މަރާލާފައިވާ ކަމަށް ބުނެފައި ވެއެވެ. 

އިލްމުވެރިޔާ އަދި ސިޔާސީ ލީޑަރެއްގެ ގޮތުގައި ވެސް ހުންނެވީ ކުރީގެ މަޖިލިސް މެންބަރު އަފްރާޝީމާއި އަނެއް ދެ ޒުވާނުންގެ މަރާ ގުޅުވާލައި، ގައުމުން ބޭރުގައި އަމިއްލައަށް އަރުވާ ލެއްވިގެން ހުންނަ އަދި މިހާރު ވެސް ފާޅުގައި އެމްޑީއެންގެ ހިންގާ ޝަހިންދާ ޓްވީޓެއް ކުރައްވާ އަހާފައި ވަނީ "މިހާރު މި ފަސް އަހަރަށް ވާވަރަށް ޑރ. އަފްރާޝީމްއާ ރިލްވާންއާ ޔާމީން ރަޝީދުއަށް އިންސާފު ހޯދާ ނިމުނީތަ؟" މިހެނެވެ.

ކުރީން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަން ވެސް ކުރި އަދި މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރުގެ ފައްޔާޒު އިސްމާއީލްގެ ކޮއްކޮ އޭނާގެ ޓްވީޓްގައި ރައީސް ސޯލިހް ޓެގް ކުރައްވާ މިހެން ލިޔެފައި ވެއެވެ: 

"އަނެއްކާ އިތުރު ފަސް އަހަރު ނުލިބިއްޖެއްޔާ ދުވަހަކުވެސް ނުވާނެޔޭ ބުނޭ ދެން. ތިޔައީ ރައްޔިތުންގެ އުއްމީދުން ވައްކަން ކުރާ ދޮގުވެރިއެއް" 

ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މަރުތަކު ހަގީގަތް ހޯދާއި އެކަންކަމުގެ މައްޗަށް އާއިލާތަކަށް އިންސާފު ހޯދައިދޭން މި ސަރުކާރުން ވައުދުވެފައި ވެއެވެ. ނަމަވެސް އެ މައްސަލަތަކުގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދީފައެއް ނުވެއެވެ. އެހެން ކަމުން މީހުންގެ ފާޑު ކިޔުން އޮވެ އެވެ. 

ޝަހިންދާ އަކީ އެ މައްސަލަތަކާ ގުޅިގެން އެންމެ ގިނައިން ފާޑު ކިޔާ އެކެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.