މެދުވެރިއެއްގެ ރޯލަށް ޗައިނާ ޑިޕްލޮމޭޓަކު ޔުކްރޭނަށް

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށީ ފެބުރުވަރީ 24، 2022 ގަ އެވެ. އެހިސާބުން ފެށިގެން އެމެރިކާ އާއި ހުޅަނގުން ޗައިނާ އަކީ މި ހަނގުރާމައިގެ އަޑީގައި އޮތް ފަރާތް ކަމަށް ސިފަ ކުރެ އެވެ.

ލީހުއި (ކ) އަދި ރަޝިޔާގެ ބޮޑުވަޒީރު: ލީ އަކީ ކުރީން ރަޝިޔާގައި ހުންނެވި ޗައިނާ އެމްބެސަޑަރު

ރަޝިޔާއިން ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނެސް ހަމަޖެހޭ ސުލްހައިގެ މާހައުލެއް އުފެއްދުމަށް މަޝްވަރާތަކެއް ކުރިޔަށް ގެންދެވިދާނެ މަގުތަކަކީ ކޮބައިތޯ ބަލަން ޗައިނާ ޝައުގުވެރި ވެއެވެ. އެކަން އޮތީ ކުރީންސުރެ އިއުލާންކޮށްފަ އެވެ. ޗައިނާގެ ރައީސް ޝީންޖި ޕިން މިހާރު ނިންމަވާފައި ވަނީ ޗައިނާގެ ތަޖުރިބާކާރު މެދުވެރިޔަކު މަންދޫބެއްގެ ގޮތުގައި ޔޫކްރޭނަށް ފޮނުވާ މަޝްވަރާގެ ދޮރުތަކުގައި ޓަކި ޖައްސަވާށެވެ. 

ޔުކްރޭނު ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާއިން ވަނީ ހަނގުރާމަ ނުކޮށް ފަރުޖެއްސޭނެ ގޮތްތައް ހޯދައި އެ މަގުން ހިނގަން ގޮވާލާފަ އެވެ.
 
ރައީސް ޝީ ޔުކްރޭނަށް ފޮނުއްވަވަން ނިންމަވަފައި ވަނީ ގޮތުން ޑިޕްލޮމޭޓެއް ކަމަށްވާ ލީ ހުއީ އެވެ. އޭނާއަކީ ކުރީން ދިގު މުއްދަތަކަށް ޗައިނާއިން ރަޝިޔާއަށް ކަނޑައަޅާފައި ހުންނެވި ސަފީރެކެވެ. -- ލީ ހުއީ ޔުކްރޭނަށް ވަޑައިގަތުމުން އެކަން ވެގެން ދާނީ ޔުކްރޭނު ރަޝިޔާ ހަނގުރާމަ ފެށި ފަހުން ޗައިނާގެ އިސްވެރިޔަކު ޔުކްރޭނަށް ފުރަތަމަ ފަހަރަށް ވަޑައިގަތުމަށެވެ.

ލީ ހުއީ ފުރަތަމަ ޔުކްރޭނަށް ވަޑައިގެންނެވި ނަމަވެސް އޭނާއަށް ހާއްސަ ކޮށްފައިވާ ވަފުދަކާއެކު ރަޝިޔާއަށް ވެސް ވަޑައިގެން ރައީސް ޕޫޓިންއާ ބައްދަލު ކުރައްވާ މަޝްވަރާގެ މަގު ފުޅާ ކުރައްވަން ބާރު އަޅުއްވާނެ އެވެ. 

މެދުވެރިއެއްގެ ރޯލު އަދާ ކުރެއްވުމުގެ ގޮތުން ހުޅަނގައި ސަރަހައަދުގެ އެހެން ގައުމުތަކަށް ވެސް ޗައިނާގެ މަންދޫބު ދަތުރުފުޅު ކުރައްވާ ހަނގުރާމަ ހުއްޓާލަން ބާރު އަޅައި ކުރަން ޖެހޭ ކަންކަން ވެސް ކުރައްވާނެ އެވެ. އެ ގޮތުން ޕޮލެންޑާއި ފްރާންސާއި ޖަރުމަނަށް ވަޑައިގަންނަވާނެ ކަމުގައެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށީ ފެބުރުވަރީ 24، 2022 ގަ އެވެ. އެހިސާބުން ފެށިގެން އެމެރިކާ އާއި ހުޅަނގުން ޗައިނާ އަކީ މި ހަނގުރާމައިގެ އަޑީގައި އޮތް ފަރާތް ކަމަށް ސިފަ ކުރެ އެވެ. 

ނަމަވެސް މި ހަނގުރާމައާ ގުޅޭ ގޮތުން ޗައިނާއިން ގެންގުޅެނީ މެދުމިނުގެ ވިސްނުމެއް ކަމަށް ރައީސް ޝީ އައި ވިދާޅުވަމުންނެވެ. ޝީ އެހެން ވިދާޅުވި ނަމަވެސް ޗައިނާއިން ރަޝިޔާއާއެކު ހާއްސަ ގުޅުމެއް ބާއްވަ އެވެ. 

ރަޝިއާއަށް ހިންދެމިލައިގެން އޮވެވެނީ  ޗައިނާގެ ގުޅުމާއި މެދު އިރުމަތީގެ ބާރާއި ރަޝިޔާއިން ބިނާ ކޮށްފައިވާ ދިފާއީ ބާރާއި ފައްކާ ކޮށްފައި ނިއުކްލިއަ ބާރާއި ސައިންސާއި ޓެކްނޮލީޖީގެ ވަރުގަދަ ކަމުންނެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.