މާއުނގޫދޫގައި ސޯލާ މަގުބައްތި، އެހީވީ ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީ ވެދޭން މީގެ ހަތަރު އަހަރު ކުރީން ފަށާފައިވާ ފަންޑެކެވެ.

ށ. މާއުނގޫދޫގެ މަގެއް: ބީއެމްއެލް ކޮމިއުނިޓީ ފަނޑުގެ އެހީގައި މިރަށުގެ މަގުބައްތިތައް ސޯލާއަށް ބަދަލު ކުރި -- ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑު (ބީސީއެފް) ން ށ. މާއުނގޫދޫގެ ބައެއް މަގުތަކުގެ މަގުބައްތިތައް ސޯލާ ބައްތިއަށް ބަދަލު ކޮށްދީފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީ ވެދޭން މީގެ ހަތަރު އަހަރު ކުރީން ފަށާފައިވާ ފަންޑެކެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މި ފަންޑުން މާލީ އެހީތެރިކަން ދެ އެވެ.

މާއުނގޫދޫގެ ސޯލާ ބައްތި ޕްރޮޖެކްޓް ހިންގީ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖްގެ ފަރާތުންނެވެ، މާއުނގޫދޫގެ މީހުން އާބާދުވަމުން އަންނަ ސަރަހައްދުގެ އިތުރުން އެ ރަށުގެ އެހެން މަގުތަކުގައި ފަންޑުގެ އެހީގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ 25 މަގުބައްތި ޖެހި އެވެ.

ކޮމިއުނިޓީ ފަންޑާ ބެހޭ ގޮތުން ކުރީން "މި" ނޫހުން ލިޔުން ލިޔުމެއް

ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖްގެ އޮފިޝަލު، މުހައްމަދު ޒާހިރު، މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވިދާޅުވީ ކުރިން އެ ރަށުގެ މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވި ނަމަވެސް މިހާރު އޮތް އުންމީދަކީ މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް ރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެގެން ދިއުން ކަމަށެވެ.

ބީސީއެފްގެ ޕްރޮޖެކްޓްތައް ދިޔަ އަތޮޅުތައް

  •  އއ. އަތޮޅު: 6 ޕްރޮޖެކްޓް | އދ. އަތޮޅު : 2 ޕްރޮޖެކްޓް
  •  ބ. އަތޮޅު: 4 ޕްރޮޖެކްޓް | ދ. އަތޮޅު: 1 ޕްރޮޖެކްޓް
  •  ފާފު އަތޮޅު: 1 ޕްރޮޖެކްޓް | ގއ. އަތޮޅު: 2 ޕްރޮޖެކްޓް
  •  ގދ. އަތޮޅު : 6 ޕްރޮޖެކްޓް | ފުވައްމުލަކު: 1 ޕްރޮޖެކްޓް
  •  ހއ. އަތޮޅު: 5 ޕްރޮޖެކްޓް | ހދ. އަތޮޅު: 7 ޕްރޮޖެކްޓް
  •  މާލެ އަތޮޅު: 4 ޕްރޮޖެކްޓް | ލ. އަތޮޅު 3 ޕްރޮޖެކްޓް
  •  ޅ. އަތޮޅު: 2 ޕްރޮޖެކްޓް | މ، އަތޮޅު: 2 ޕްރޮޖެކްޓް
  •  ނޫނު އަތޮޅު: 4 ޕްރޮޖެކްޓް | ރ. އަތޮޅު: 3 ޕްރޮޖެކްޓް
  •  އައްޑު އަތޮޅު: 3 ޕްރޮޖެކްޓް | ށ. އަތޮޅު: 6 ޕްރޮޖެކްޓް
  •  ވާވު އަތޮޅު: 1 ޕްރޮޖެކްޓް | ދ. އަތޮޅު: 1 ޕްރޮޖެކްޓް

އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.