ރައީސް ސޯލިހު އިސް ހާރިޖީ ސިޔާސަތަކީ އިންޑިއާ ކަނޑުގެ ސަލާމަތް: ފައިސަލް

ނައިބު ވިދާޅުވި ގޮތުގައި އިންޑިޔާ ކަނޑުގެ އިޖުތިމާއީ އަދި އިގްތިސޯދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސް ސޯލިހުގެ ސަރުކާރުން ވިސްނަ އެވެ.

ހާރިޖީ ސިޔާސަތުގައި ރައީސް އިބްރާހިމްް މުހައްމަދު ސޯލިހު އެންމެ އިސްކަން ދެއްވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ފައިސަލް މިހެން ވިދާޅުވީ، އިންޑިއަން އޯޝަން ކޮންފަރެންސްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސް ހަވަނަ ކޮންފަރެންސް ހިނގަނީ އިއްޔެ އާއި މިއަދުގެ ނިޔަކަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.  

"ދެމެހެއްޓެނިވި ކުރިމަގަކަށް؛ ސުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މި ޝިއާރުގައި ބޭއްވ ކޮންފަރެންސްގައި ފައިސަލް ވިދާޅުވީ ދެމެހެއްޓެނިވި ކުރިމަގެއް ހޯދަން ހަރުދަނާ ފިޔަވަޅުތަކާއެކު އިސްލާހީ ބަދަލުތައް އިހުތިޔާރު ކުރަންޖެހޭ ކަމަށާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާ ކަމަށެވެ

ނައިބު ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާއީ އަދި އިގްތިސޯދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސް ސޯލިހުގެ ސަރުކާރުން ވިސްނާ ކަމަށެވެ. 

އެގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާއި އިގްތިސޯދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި ޓެރަރިޒަމާއި ހިއުމަން ޓްރެފިކުން އާއި ޤާނޫނާއި ހިލާފަށް ހިޖުރަ ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ރިޕޯޓް ނުކުރެވޭ މަސްވެރިކަމާއި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ސަރަހައްދު ކަމަށާއި އެއީ އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  އެހެންކަމުން އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމް ކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ގައުމެއްގެ ޒިންމާއެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.