އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެއްސެކެވެ. އެއީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ މީހެކެވެ.
ނެޕީ ޖަހައިގެން އޭގެތެރޭ ޑްރަގް ގެންނަން އުޅުނު ދިވެއްސަކު އިންޑިއާގެ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެއްސެކެވެ. އެއީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ މީހެކެވެ.
ކޮޗިން އެއާޕޯޓުން އޭނާ ހުއްޓުވާ ފާސްކުރިއިރު އޭނާ ހުރީ ނެޕީއެއް ޖަހާ އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައެވެ. އެ ގައުމުގެ ނޫސްތަކުން ވަނީ އެއާޕޯޓް އޮފިޝަލުން އެ މީހާ ހުއްޓުވާ ނެޕީ ނައްޓުވާލާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމު ކޮށްފައެވެ.
ވީޑިއޯގައި ފެންނަނީ ދިވެހި މީހާ ޖީންސް ތިރިކުރުމަށް ފަހު ޖަހާފައިވާ ނެޕީ ނައްޓުވާ މަންޒަރެވެ. ނެޕީގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ 33 ކެޕްސޫލް ފޮރުވާފައި ހުއްޓެވެ. އެތަކެތީގެ މަގުމަތީ އަގު އަށެއްކަ ލައްކަ ރުފިޔާއާ ގާތް ކުރެ އެވެ.