އިންޑިއާ ކަނޑުގައި ތޫފާން "މޮކާ" އުފެދި ބާރު ދަވަނީ

މޮކާ ތޫފާން ވަރުގަދަވެ ވަރުގަދަ ސައިކްލޮނިކް ތޫފާނަކަށް ބަދަލުވެ، އެންމެ ބާރުގަދަ މިންވަރަށް ފުރޮޅިގެން ދާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންގެ ބާރު އެންމެ ގަދަވާނީ މި މަހުގެ 13 ވަނަ ދުވަހު
  •  ތޫފާންގެ ސީދާ އަސަރު ރާއްޖެއަކަށް ނެތް

ބޭ އޮފް ބެންގާލްގައި އުފެދިގެން އައިގަދަ ވިއްސާރައިގެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުން ގޮސް ތޫފާނަށް ބަދަލު ވެއްޖެ އެވެ. މިހާރު އެ ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން "މޮކާ" އެވެ. -- ތޫފާން ހުޅަނގު އުތުރުރަށް ޖެހި ބާރު ގަދަވަމުން ދާއިރު ދިވެހި ރާއްޖެއަށް ވިއްސާރަ ނަމަވެސް ތޫފާންގެ ސީދާ އަސަރު ރާއްޖޭގެ ސަރަހައްދުތަކަށް ނެތެވެ. 

އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) ގެ ރީޖަނަލް ސެންޓަރު، ބުބަނޭސްވާރުގައި ސައިންސްވެރިޔާ އުމާޝަންކަރު ދާސް ވިދާޅުވީ ތޫފާން މޮކާ އުފެދިފައި ވަނީ ޕޯޓް ބްލޭއާގެ ހުޅަނގު ދެކުނަށް ގާތްގަނޑަކަށް 510 ކިލޯމީޓަރު ދުރުގައި ކަމަށާއި މިރޭގެ މެންދަމުން ދަ ތޫފާނުގެ ބާރު ގަދަވެގެން ދާނެ ކަމަށެވެ. 

މި ތޫފާން ދަތުރު ކުރާނީ ބަންގްލަދޭޝް - މިޔަންމާގެ އައްސޭރިފަށާ ދިމާއަށެވެ. ނަމަވެސް ސަރަހައްދުގެ ކަނޑުތައް ތޫފާނާ ގުޅިގެން ގަދަވާނެ އެވެ. 

އައިއެމްޑީން ބުނާ ގޮތުން މޮކާ ތޫފާން ވަރުގަދަވެ ވަރުގަދަ ސައިކްލޮނިކް ތޫފާނަކަށް ބަދަލުވެ، އެންމެ ބާރުގަދަ މިންވަރަށް ފުރޮޅިގެން ދާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

"މި ރޭ ދަންވަރު ވަރަކަށް މަޑުމަޑުން ވަރުގަދަ ސައިކްލޮނިކް ތޫފާނަކަށް ބަދަލުވުން ވަރަށް ގާތް. އޭގެ ފަހުން މެއި 12 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން އިރުއުތުރަށް ވަރުގަދަވެ ވަރަށް ގަދަ ސައިކްލޮނިކް ތޫފާނަކަށް ބަދަލުވުން އެކަށީގެންވޭ."

މެއި 14 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ތޫފާން ކުޑަކޮށް ބަލިކަށިވެ، އިރުދެކުނު ބަންގްލަދޭޝް އާއި އުތުރު މިޔަންމާގެ އައްސޭރިފަށު ހުރަސްކޮށް ބަންގަލަދޭޝްގެ ކޮކްސް ބާޒާރު އާއި މިއަންމާގެ ކިއައުކްޕިއުއާ ދެމެދުގައި ވައިގެ ބާރުމިން ގަޑިއަކު 120 ކިލޯ މީޓަރަށް އަށް އަރާފައި ހުންނާނެ އެވެ. އެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.