ރައީސް ޔާމީން ހަރުކަށި ފިކުރު ފަތުރާ ކަމަށް އިންޑިއާގެ ނޫހެއްގައި ލިޔެފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގަތުމާއި ރާއްޖޭގެ މިހާރުގެ ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ތައުރީފު ކޮށް ލިޔަމުން ގެންދިއުމަށް ފަހު އޭނާގެ މަޒުމޫނުން ބައެއް ގުޅުވާލާފައި ވަނީ ރައީސް ޔާމީނާ އެވެ.

ރައީސް އަބްދުﷲ ޔާމީން: އެ މަނިކުފާނަށް ތުހުމަތުތައްކޮށް އިންޑިއާގެ ނޫހެއްގައި މަޒުމޫނެއް ލިޔުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އަބަދުވެސް ރާއްޖޭގައި އިސްލާމްދީނުގެ ހަރުކަށި ފިކުރަށް ހިތްވަރު ދެއްވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނު އަލުން ވެރިކަމަށް ވަޑައިގެންފިނަމަ އިންޑިއާއާ ދެކޮޅަށް ތެދުވާނެ އެފަދަ ދީނީ ހަކަރު މީހުނަށް އެހީތެރި ވެދީ ސަރަހައްދުގައި ޗައިނާގެ ބަރުގަދަ ކުރަން ވާގިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫހެއްގައި ލިޔެފި އެވެ. 

އިންޑީއާގެ ނޫހެއް ކަމަށް "ވަން އިންޑިއާ" ގައި މިފަދަ މޭރުމަކުން މަޒުމޫނެއް ލިޔުނީ ޖަގްދީޝު ސިންގް ނަމަކަށް ކިޔާ މީހަކެވެ. -- އޭނާއަކީ ނިއުދިއްލީގައި ދިރިއުޅޭ އިސް ނޫސްވެރިއެއް ކަމަށް ބުނާ މީހެކެވެ. މާ މަޝްހޫރު ނޫސްވެރިއެއް ނޫނެވެ. 

އެހައި މަޝްހޫރު ނޫން އެ ނޫހުގައި އެ މީހާ ލިޔެފައި ވަނީ އޮޕީނިއަން މަޒުމޫނެކެވެ. އެ މަޒުމޫނުގައި ރައީސް ޔާމީނާއި ޗައިނާއަށް ތުހުމަތުކޮށް ވާހަކަތަކެއް އޭނާ ލިޔެފައިވާއިރު ނޫހުގެ އެޑިޓޯރިއަލްއިން ޑިސްކްލައިމާއެއް ލާފައި ވެއެވެ. އެ ޑިސްކްލައިމާގައި ބުނެފައިވާ ގޮތުން އެ މަޒުމޫނުގައި ވަނީ ޖަގްދީޝުގެ ހިޔާލާއި ވިސްނުމެވެ. ނޫހުގެ ވިސްނުމެއް ނޫނެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގަތުމާއި ރާއްޖޭގެ މިހާރުގެ ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ތައުރީފު ކޮށް ލިޔަމުން ގެންދިއުމަށް ފަހު އޭނާގެ މަޒުމޫނުން ބައެއް ގުޅުވާލާފައި ވަނީ ރައީސް ޔާމީނާ އެވެ.  

އެ ބައިގައި ދިވެހީންނަކީ ކުރިންސުރެ ވެސް އިސްލާމް ދީނުގެ މެދުމިން ހިޔާރު ކޮށްގެން އުޅޭ ބައެއް ކަމަށް ލިޔެ އެވެ. އަދި ވެސް ލިޔެ އެވެ؛ ރައީސް ޔާމީނަކީ އިންޑިއާއާ ދެކޮޅުވެރި އަދި ރުޅިއަންނަ ބޭފުޅެކެވެ. އިންޑިއާގެ ރަހުމަތްތެރިންގެ ލިސްޓުން ރާއްޖޭ ބޭރުކޮށް "އިންޑިއާ އައުޓް" ކެމްޕޭނެއް ލީޑް ކޮށްފައިވާ ކަމަށް ލިޔެފައި ވެއެވެ. 

ރައީސް ޔާމީން އެނބުރި ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންފިނަމަ، ރާއްޖޭން އިންޑިއާއާ ދެކޮޅު ހަރަކާތްތައް ހިންގަން ހައްދުފަހަނަ އަޅާފައިވާ "ރެޑިކަލް އިސްލާމިސްޓުން" ނަށް އެހީތެރިވެ ދޭނެ އެވެ. އިސްލާމް ދީނުގެ ހަރުކަށި ފިކުރު ދިރުވާނެ އެވެ. 

އޭނާގެ އެ މަޒުމޫނުގައި ބުނާ ގޮތުން ރައީސް ޔާމީން ޔާމީން އެނބުރި ވެރިކަމަށް ވަޑައިގެންފި ނަމަ، ސަރަހައްދުގައި އިންޑިއާ އެއްފަރާތް ކުރަން ޗައިނާއިން އަނެއްކާވެސް ރައީސް ޔާމީނަށް ވާގިވެެރިވާނެ އެވެ. ރައީސް ޔާމީންގެ މައްޗަށް ކުރިހޯދުމަށް ބެއިޖިން އަށް ފަސޭހަ ކަމެކެވެ. ރައީސް ޔާމީންގެ ވެރި ކަމުގައި ވެސް މާލެ އާއި ބެއިޖިން އޮތީ ވަރަށް ގާތް ގުޅުމެއް އޮތެވެ. 

މަޒުމޫނުގެ މުހިންމު ނުކުތާއެއް - އެ މީހާގެ އެ ލިޔުމުގައި އެހެން ނުކުތާއެއް ފާހަގަކޮށް މިހެން ލިޔެ އެވެ: ދިވެހިރާއްޖޭގައި އިންޑިއާގެ މިލިޓަރީ ޕްރެޒެން / އިންޑިއާ ސިފައިން ފައިބައި އެބަތިއްބެވެ. އަދި އިންޑިއާގެ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އޮފިސަރުންވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.