ދަރިއަކު ނުލިބިގެން އުޅުނު ދެމަފިރިއަކަށް އެކުއެކީގައި ކުދީންތަކެއް

އެއްމާބަނޑު ދެބެންނަށް ބަލިވެ އިނދެ ވިހެއުމުގައި ސާރާއަށް އުނދަގުލެއް ވެސް ނެތެވެ. ސާރާ ވިހޭ ފަހުން ފަސް ވަރަކަށް އަހަރު ފާއިތުވެފައި ވާއިރު ދެމަފިރިންގެ ދިރިއުޅުން ވަރަށް އުފާވެރިވެފައި ވެއެވެ.

އެމެރިކާގެ އޮކްލަހޯމާގެ ދިއުޅޭ ސާރާ އާއި އެންޑީ ޖަސްޓިސް އަކީ ދަރިއަކު ނުލިބިގެން ބޭސް ފަރުވާ ކުރަމުންދިޔަ ދެމަފިރިންނެވެ. އެމީހުން ދަރިޔަކު ހޯދަން ކުރިހާ ކަމެއް ފަނުފުލުން ދިއުމުން ނިންމީ ދަރިއަކު ލިބެން ނެތީ ކަމަށް ބަލައި ކުއްޖަކު އެޑޮޕްޓް ކުރާށެވެ. 

އެ ދެމަފިރިންނަށް ކުއްޖަކު އެޑޮޕްޓް ކުރަން އެއްބަސްވި މާބަނޑު މީހާގެ ފުރަތަމަ ސްކޭން ހެދިއިރު އަންހެން މީހާގެ ބަނޑުގައި އެއްމާބަނޑު ތިން ކުދިން ތިބިކަން އެނގުނެވެ. 

އެ ތިންބެން، ޖޮއެލް އާއި ހަނާ އަދި އެލިޒަބަތާއެކު ދިރިއުޅެން ފަށައި  އެއްމާބަނޑު ތިން ބެއިންނާއެކު ގެއަށް ބަދަލުވިތާ ހަފުތާއެއް ފަހުން ސާރާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ލިބުނީ ހައިރާން ކުރުވަނިވި ހަބަރެކެވެ. ސާރާ  ބަނޑުބޮޑުކަމެވެ. އަދި ފުރަތަމަ ސްކޭނުން އެ ހައިރާންކަން އިތުރުވި އެވެ. ސާރާގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެ ކުދިންނެވެ.

އެއްމާބަނޑު ދެބެންނަށް ބަލިވެ އިނދެ ވިހެއުމުގައި ސާރާއަށް އުނދަގުލެއް ވެސް ނެތެވެ. ސާރާ ވިހޭ ފަހުން ފަސް ވަރަކަށް އަހަރު ފާއިތުވެފައި ވާއިރު ދެމަފިރިންގެ ދިރިއުޅުން ވަރަށް އުފާވެރިވެފައި ވެއެވެ. 

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.