ދުވަސްތަކަކަށް ފަހު، ކޮވިޑު ކޭސްތައް ދަށަށް ހިނގައްޖެ

މިދިޔަ މާޗުމަހު ކޮވިޑް ކޭސްތައް އިތުރުވާން ފެށިފަހުން ޖުމްލަ 788 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 155 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދިނެވެ.

ކޮވިޑް ސާމްޕަލް ނެގުން: ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ދަށްވެފައި

ކޮވިޑު ކޭސްތައް ދުވަސްކޮޅެއް ވަންދެން މަތީގައި ހުރުމަށް ފަހު، ދަށަށް ދާން ފަށައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 91 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 48 މީހުން، އަތޮޅުތަކުން 16 މީހުން އަދި ސިނާއީ ރަށްރަށުން/ ރިސޯޓުތަކުން 27 މީހުންނެވެ. އޭގެ ކުރީ ހަފްތާގައި 194 މީހުން ޕޮޒިޓިވް ވިއެވެ. މިއީ 47 އިންސައްތައިގެ ވެއްޓުމެކެވެ.

މިދިޔަ މާޗުމަހު ކޮވިޑް ކޭސްތައް އިތުރުވާން ފެށިފަހުން ޖުމްލަ 788 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 155 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދިނެވެ. އެ މުއްދަތުގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފްތާގައި 199 މީހަކަށް ކޮވިޑު ޖެހުނެވެ. އެންމެ ފަހުން ކޭސްތައް އެހާ ގިނަވެފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ރާއްޖޭގައި މިހާތަނަށް 186،526 މީހަކަށް ކޮވިޑު ޖެހިފައިވެއެވެ. އެ ބަލީގައި 314 މީހުން މަރުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.