މޭ 16، ކްރޮސް ރޯޑްސްގައި: "ގޯލްޑް 100" ގާލާ

ކޯޕަރޭޓް މޯލްޑިވްސްގެ "ގޯލްޑް 100 ގާލާ" އަކީ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ ފަދަ އިސް ބޭފުޅުން އެއްތަނަކަށް އެއްވެ ގުޅުން ބަދަހި ކުރަން ލިބޭ ފުރުސަތަކަށް ވެއެވެ.

"ގޯލްޑް 100 ގާލާ" މި މަހު ބާއްވަން ނިންްމައިފި އެވެ. "ގޯލްޑް 100" އަކީ ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ނެރޭ ރާއްޖޭގެ އެންމެ ލީޑިން 100 ވިޔަފާރި ކުންފުނީގެ ލިސްޓެކެވެ. މި އަހަރު ބާއްވަނީ "ގޯލްޑް 100" ހަތްވަނަ އެވޯޑްސް ހަފުލާ އެވެ. 

ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު ވިޔަފާރި އެވޯޑްގެ ގޮތުގައި މިހާރު އޮންނަ މި އެވޯޑްް ބާއްވަނީ މި މަހުގެ 16 ވަނަ ދުވަހު ކްރޮސްރޯޑްސްގަ އެވެ. "ގޯލްޑް 100 ގާލާ" އަކީ ކޯޕަރޭޓް މޯލްޑިވްސް އިން ދައުވަތު ފޮނުވާ ފަރާތްތަކަށް އެކަނި ދަުވަތު ފޮނުވާ ހަފުލާއެކެވެ. 

ކޯޕަރޭޓް މޯލްޑިވްސްގެ "ގޯލްޑް 100 ގާލާ" އަކީ ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ އަދި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެއްތަނަކުން ފެނި ގުޅުން ބަދަހި ކުރަން ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތަކަށް ވެއެވެ. 

ކޯޕަރޭޓް މޯލްޑިވްސްގެ "ގޯލްޑް 100 ގާލާ" ގެ ކުރީގެ ހަފުލާއެއްގެ ތެރެއިން

މި ހަފުލާގައި "ގޯލްޑް 100" މެގަޒިން އިފުތިތާ ހުކުރުމާއި އަދި އެންމެ ކާމިޔާބު 100 ކުންފުންޏަށް އެވޯޑް ދިނުން އޮންނާނެ އެވެ. މީގެ އިތުރުން ވިޔަފާރީގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ ބޭފުޅަކަށް "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ދޭނެ އެވެ.

"ގޯލްޑް 100" ލިސްޓަކީ ވިޔަފާރިތައް ރޭންކު ކުރާ ލިސްޓެއް ނޫނެވެ. އެކަމަކު އެއީ ދެފުށް ފެންނަ ގޮތަކަށް މިނިވަން މަރުހަލާތަކެއްގެ ތެރެއިން ހޮވައި އެވޯޑް ދޭ ލީޑިން 100 ކުންފުންޏެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.