ރައީސް އިނގިރޭސިވިލާތަށް ވަޑައިގަތީ އިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.
މޭ ތިންވަނަ ދުވަހު ފެއްޓެވި ދަތުރުފުޅަށް ފަހު މިއަދު ހެނދުނު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަތުމުން ވީއައިއޭ އިން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރެވެ.
ރައީސް އިނގިރޭސިވިލާތަށް ވަޑައިގަތީ އިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.