އިރާގުގެ އެޑްވައިޒަރަކު މަރާލި މީހާއަށް މަރުގެ ހުކުން އިއްވައިފި

މަރަށް މަރު ހިފުމުގެ މި ހުކުމް އިސްތިއުނާފު ކުރެވޭނެ ކަމަށް ވެރިރަށް ބަޣްދާދުގައި ހުންނަ އިރާގުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ ތަރުޖަމާނަކު ވިދާޅުވެ އެވެ.

ޕޯސްޓަރުގައި މަޝްހޫރު އެނަލިސްޓްް، އަދި އިރާގު ސަރުކާރުގެ އެޑްވައިޒަރު ހިޝާމް އަލް ހާޝިމީ

މީގެ ތިން އަހަރު ކުރިން އިރާގުގެ ބަޣްދާދުގެ ޒިޔޫނާ ޑިސްޓްރިކްޓްގައި މަޝްހޫރު އެނަލިސްޓްް، އަދި އިރާގު ސަރުކާރުގެ އެޑްވައިޒަރު ހިޝާމް އަލް ހާޝިމީ ގަޔަށް ބަޑިޖަހައި މަރާލި ކަމަށް ތުހުމަތު ކުރެވުނު ފުލުސް މީހާ، އަހުމަދު ހަމްދާވީ އޯއީދު އަލް ކެނާނީއަށް މަރުގެ ހުކުމް އިރާގުގެ ކޯޓަކުން އިއްވައިފި އެވެ.  

ވެރިރަށް ބަޣްދާދުގެ ކޯޓަކުން އެ ހުކުމް އިއްވާފައި ވަނީ އިރާގުގެ ކައުންޓާ ޓެރަރިޒަމް ގާނޫނުތަކުގެ ދަށުންނެވެ. އާދީއްތަ ދުވަހު ހަމްދާވީ އޯއީދު އަލް ކެނާނީގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށް އިރާގުގެ ޝަރުއީ އިދާރާގެ ބަޔާނެއް މެދުވެރިކޮށް ވެސް ބައިނަލްއަގުވާމީ މީޑިއާގައި އެ ވާހަކަ ބުނެފައި ވެއެވެ.  

އީރާނާ ގުޅިފައިވާ ބާރުގަދަ ޝިޔައީ ހަތިޔާރު އެޅި ފަރާތްތަކާ ދެކޮޅަށް ވާހަކަފުޅު ދަައްކަވާ އެފަދަ ކަންކަމާ ގުޅޭ ގޮތުން އިރާގުގެ ސަރުކާރުގެ ލަފާދޭ އަލްހާޝިމީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަރާލީ އޭނާގެ ގެއިން ބޭރުގައި ބަޑިން ހަމަލާ ދީގެނެވެ. .  

ޖުލައި 6، 2020 ގައި އަލްހާޝިމީގެ، ގެ ކައިރީގައި ހުރި ކެމެރާއެއްގެ ސެކިއުރިޓީ ފްޓޭޖުން ފެންނަ ގޮތުގައި މޫނު ނިވާ ކޮށްގެން ސައިކަލެއްގައި ގޮސް ބަޑިޖެހި މީހަކު އަލްހާޝިމީގެ ހުދު ކުލައިގެ އެސްޔޫވީ ކައިރިއަށް ގޮސް ޑްރައިވަރުގެ ކުޑަދޮރުން އެތައް ވަޒަނެއް ޖަހައިފައި ފިލީ އެވެ. 

އޭގެ އަހަރަކަށް ވުރެ ފަހުން ބޮޑުވަޒީރު މުސްތަފާ އަލް ކާދިމީ ވަނީ އެ މަނިކުފާނަށް ވެސް ލަފާ އަރުވާ މުޝީރުގެ މަރުގެ ޝައްކު ކުރެވޭ މީހުން ހައްޔަރު ކޮށްފައިވާކަން އިއުލާން ކުރައްވާފަ އެވެ.

އަދި އޭގެ ފަހުން އިރާގު ސަރުކާރުގެ ޓީވީން ވަނީ މުށި ކުލައިގެ ޖަމްޕްސޫޓެއް ލައިގެން ހުރި އަލް ކެނާނީގެ ވީޑިއޯއެއް ދައްކައި، އަލްހާޝިމީ މަރާލި ގްރޫޕްގެ އިސްވެރިޔަކީ އޭނާ ކަމަށް ބުނެފަ އެވެ. އަދި މި ހަމަލާގެ ސަވައިލެންސް ފޫޓޭޖް ދައުލަތުގެ ޓީވީން ދައްކާފައިވާއިރު އެއީ އެކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ވެސް ފެނުނެވެ.

އިއްޔެ ކޯޓަށް ވަނުމުގެ ހުއްދަ މީޑިއާއަށް ނުދިން ނަމަވެސް ޝަރީއަތުގައި ބައިވެރިވި ވަކީލަކު ވިދާޅުވީ ގާޒީގެ ހުކުމަށް ރައްދު ދިނުމުގެ ގޮތުން އަލްކެނާނީ އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

އެ ހުކުމް އިސްތިއުނާފު ކުރެވޭނެ ކަމަށް ބަޣްދާދުގައި ހުންނަ އިރާގުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ ތަރުޖަމާނަކު ވިދާޅުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.