ހުމާމް މަރަން ކުރި ހުކުމް ރިވިއު ކޮށްދޭން އެދެފި

ސުޕްރީމް ކޯޓުން ހުމާމް މަރަން ކުރި ހުކުމް ދަމަހައްޓާފައި ވަނީ ޖޫން 24، 2016 ގައެވެ. އެއީ މީހަކު މަރަން ސުޕްރީމް ކޯޓުން ހުކުމް ކުރި ފުރަތަމަ މައްސަލަ އެވެ.

ޑރ. އަފްރާޝީމްގެ ގާތިލް ހުސެއިން ހުމާމް -- އަވަސް ނޫހުގެ ފޮޓޯއެއް

ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލިކަން ސާބިތުވެ، މަރަން ހުކުމް ކޮށްފައިވާ ހުސެއިން ހުމާމް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އަނިޔާވެރި ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް ހަމަލާ ދީގެނެވެ.

އެ މައްސަލަ ސާބިތުވެ، ހުމާމް މަރަން ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރުގެ ޖެނުވަރީ މަހު ކުރި ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ސުޕްރީމް ކޯޓުން ހުމާމް މަރަން ކުރި ހުކުމް ދަމަހައްޓާފައި ވަނީ ޖޫން 24، 2016 ގައެވެ. އެއީ މީހަކު މަރަން ސުޕްރީމް ކޯޓުން ހުކުމް ކުރި ފުރަތަމަ މައްސަލަ އެވެ.

އޭގެ ފަހުން ހަތް އަހަރު ވެފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމް ހުމާމްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި ރިވިއުކޮށްދޭން އެދިފަ އެވެ. ސުޕްރީމް ކޯޓުން ނިންމާ މައްސަލަތައް ރިވިއު ކުރުމުގެ އުސޫލެއް އޮވެ އެވެ. އެ އުސޫލުގެ ދަށުން ބައެއް މައްސަތައް ރިވިއުކޮށްފައިވެ އެވެ.

ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވުމުން އެ ހުކުމް 30 ދުވަހުގެ ތެރޭގައި ތަންފީޒުކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެ އެވެ. އޭރު މަރުގެ އަދަބު ދޭން ތައްޔާރީތަކެއްވީ ނަމަވެސް، މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. 

މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް މައްސަލަ ސާބިތެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.