ކުނބުރުދޫން 14 ކިލޯގެ ކައްޓަލައެއް

މީގެ ތިން މަހެއްހާ ދުވަސް ކުރިން މި ކައްޓަލަ ވެޔޮ ހެއްދި އެ ސަރައްދުގައި އެ ގޭގެ މީހުން އަބަދުވެސް ކައްޓަލަ ހައްދަ އެވެ. ނަމަވެސް މިވަރުގެ ބޮޑު ކައްޓަލައެއް ކޮންނާން ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އދ. އަތޮޅުގައި މާ ބޮޑު ދަނޑުވެރިކަމެއް ނޯންނަ ކުނބުރުދޫން އާދަޔާހިލާފު ބޮޑު، ބިޔަ ކައްޓަލައެއް ކޮނެގެންް ނަގައިފި އެވެ. -- ބިޔަ ބޮޑު އެ ކައްޓަލަ ކޮނުމަށް ފަހު ކައްޓަލަ ކޮނުނު ފަރާތުން ކައްކައިގެން ވަނީ ކައިފަ އެވެ.

ކުނބުރުދޫ އޯކިޑުމާގޭ ގޯތީގެ ތެރޭގައި ހައްދާފައިވާ ކައްޓަލަ ވެލަކުން ފައިބާފައިވާ މި ކައްޓަލަ ކޮނެގެން ނެގި އިރު އޭގެ ބަރުދަނުގައި 14 ކިލޯ ހުއްޓެވެ. 

ހެޔޮވަރު ކަށިކެޔޮ ގަނޑެއް ވަރުގެ މި ބޮޑު ކައްޓަލަ ފާބައިފައި ވަނީ އެ ގޯތީތެރޭގައި 20 ފޫޓުގެ ސަރަހައްދަކަށް ހެދި ފެތުރިފައިވާ ކައްޓަލަ ވެލަކުންނެވެ.

ކުނބުރުދޫ

  •  މަހިބަދޫ ދާއިރާ
  •  ޕޯސްޓް ކޯޑު: 00030
  •  ބިމުގެ ބޮޑުމިން: 5.6 ހެކްޓަރު
  •  އާބާދީ: 610

މީގެ ތިން މަހެއްހާ ދުވަސް ކުރިން މި ކައްޓަލަ ވެޔޮ ހެއްދި އެ ސަރައްދުގައި އެ ގޭގެ މީހުން އަބަދުވެސް ކައްޓަލަ ހައްދަ އެވެ. ނަމަވެސް މިވަރުގެ ބޮޑު ކައްޓަލައެއް ކޮންނާން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ވަރަށް ގިނަ ދަނޑުވެރި ރަށްރަށުގައި ކައްޓަލައިގެ އެކި ބާވަތްތަކުގެ ވެޔޮތައް ހައްދަ އެވެ. ނަމަވެސް އާދަޔާހިލާފު ބޮޑެތި ކައްްޓަލައެއް ރާއްޖޭގެ ކައްޓަލަ ވެޔޮތަކަކުން ނުފައިބަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.