ގާބިލުކަން އިތުރު ކުރަން 50 ސިވިލް ސާވަންޓަކު އިންޑިއާއަށް

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނާޝިޕަކީ ވެސް ވަރަށް ފުޅާ ގުޅުމެކެވެ. ތަމްރީނާއި ގާބިލްކަން އިތުރު ކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބެވެ.

ރާއްޖޭން މިފަހަރު އިންޑިއާއަށް ދިޔަ 50 ސިވިލް ސާވަންޓުންގެ ޓީމު

ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ގާބިލިއްޔަތުކަން އިތުރު ކުރުމުގެ ޕްރޮގްރާމެއްގައި ރާއްޖޭގެ 50 ސިވިލް ސާވަންޓަކު އިންޑިއާއަށް ފުރައިފި އެވެ.

ފީލްޑް އެޑްމިނިސްޓްރޭޝަންގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގައި ބައިވެރިވާން ރާއްޖޭން ދިޔަ 50 ސިވިލް ސާވަން
ޓުންގެ އާ ބެޗްގައި ރާއްޖޭގެ އެކި އިދާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ މުއައްސަސާތަކުގެ ސިވިލް ސާވަންޓުން ހިމެނެ އެވެ. 

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެންސީޖީޖީގައި ދެ ހަފުތާގެ މުއްދަތަށް ތަމްރީނާއި ތަޖުރިބާ ހޯދާނެ އެވެ. 

  • 1.އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިން ޕެރެޑައިމް އޮފް ގަވަނަންސް
  • 2.އެތިކަލް ޕާސްޕެކްޓިވް އިން ގަވަނަންސް
  • 3.އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • 4.ޖެންޑާ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީސް އެންޑް ޕްރެކްޓިސްސް
  • 5.ސެންޓްރަލައިޒްޑް ޕަބްލިކް ގަވަރނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް
  • 6.ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް
  • 7.ޕަބްލިކް ހެލްތު ބިހޭވިއާ
  • 8.އެމްއެސްއެމްއީ އެންޑް އެސްއެމްއީ
  • 9.ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް
  • 10.ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ
  • 11.އިންޑިއާގައި ފަޤީރުކަން ނައްތާލުމަށް ހިންގާ ތަފާތު މަސައްކަތްތައް
  • 12.ސްކިލް ޑިވެލޮޕްމަންޓް ފަދަ ކަންކަން
  • 13.މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު
  • 14.އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް
  • 15.ވިޖިލެންސް އެޑްމިނިސްޓްރޭޝަން
  • 16. އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ
  • 17.އީ.ޑިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސަރވިސް ޑެލިވަރީ
  • 18.ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަނަންސް
  • 19.ފިންޓެކް އެންޑް އިންކްލޫޝަން
  • 20.ސްޓްރެސް މެނޭޖްމަންޓް
  • 21.ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއާ

މި ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އިންޑިއާގެ ނޭޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރިު އެމްއޯޔޫގެ ދަށުން ފަސް އަހަރުތެރޭ 1000 ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 

މި އެމްއޯޔޫއާއެކު މިހާތަނަށް 639 ދިވެހި ސިވިލް ސާވަންޓުން އިންޑިއާގައި ތަމްރީނު ކޮށްފައިވެއެވެ. މިފަހަރުގެ ބެޗާއެކު އެ އަދަދު 689 އަށް އަރާނެ އެވެ.  

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނާޝިޕަކީ ވެސް ވަރަށް ފުޅާ ގުޅުމެކެވެ. ތަމްރީނާއި ގާބިލްކަން އިތުރު ކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.