ކޮމަންވެލްތު ލީޑާސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

މިފަހަރުގެ ކޮމަންވެލްތު ލީޑާސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް ޗާލްސް ތިން ވަނަ އިނގިރޭސި ތަހްތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންނެވި އެވެ.

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްސީލުކުރައްވާ މަންދޫބުންނާއެކު ޗާލްސް ތިންވަނަ ރަސްމީ ފޮޓޯ ނެންގެވުން

ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރު ދުވަހު ބޭއްވި ކޮމަންވެލްތު ލީޑާސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.

ކޮމަންވެލްތު ލީޑާސް އިވެންޓު މި ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔާ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔާ އޮފް ޕީސް އަދި ވަކިން ހާއްސަ ގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާސަބުވާ ގޮތަށެވެ.

މިފަހަރުގެ ކޮމަންވެލްތު ލީޑާސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް ޗާލްސް ތިން ވަނަ އިނގިރޭސި ތަހްތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންނެވި އެވެ.

މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަގްބަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސުލްހަ އާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކާ ބެހޭ ގޮތުންނެވެ.

މި އިވެންޓަށްފަހު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްސީލުކުރައްވާ މަންދޫބުން ވަނީ ޗާލްސް ތިންވަނަ އާއިއެކު ރަސްމީ ފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.