ފަތުވާ މަޖިލީހަށް އަައްޔަން ކުރެއްވި ބޭފުޅުން ހާމަކޮށްފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ވުޖޫދު ވެގެން އައީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގަ އެވެ.

ފިގުހު އެކަޑަމީއަށް އަައްޔަން ކުރެއްވި ބޭފުޅުން: ޑރ. ސައްތާރު (ކ) ޑރ. ރަޝީދު، ޑރ. ޒަކަރިއްޔާ އަދި ޝަައިހް އިލްޔާސް (ވ)

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަން ނުކުރެވި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަވި ފަހުން އެ މަޖިލީހަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފަތުވާ މަޖިލީހަށް ރައީސް ސޯލިހް އައްޔަން ކުރައްވާފަައި ވަނީ ޑރ މުހައްމަދު ރަޝީދު އިބްރާހިމް އާއި ޑރ. އަބްދުއްސައްތާރް އަބްދުއްރަހްމާން އާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ އިތުރުން ޝައިހް އިލްޔާސް ހުސެއިނެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ވުޖޫދު ވެގެން އައީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގަ އެވެ. "އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި އެ މަޖިލިސް އުފައްދާފައި ވަނީ އޭޕްރިލް 25، 2016 އިގަ އެވެ.

ފަތުވާ މަޖިލީސް އުފެއްދުމަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު ކަމާއި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވެވި ޑރ. މުހައްމަދު ރަޝީދު އިބްރާހިމާއި ޝައިހް އިބްރާހިމް އަހްމަދާއި ޑރ. މޫސާ އަންވަރު ހަސަނާއި އަލްއުސްތާޒު އިސްހާގު މުހައްމަދުފުޅާއި ޝައިހް ހަސަން ތައުފީގާއި ޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް މަޖިލީހަށް އައްޔަން ކުރެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން އިބްރާހިމް އަހްމަދާއި މޫސާ އަންވަރު ހަސަނާއި އިސްހާގު މުހައްމަދުފުޅާއި ހަސަން ތައުފީގު ވަނީ ފަސް އަހަރަށް އޮތް މެންބަރު ކަމުގެ ދައުރު ހަމަ ކުރައްވާފަ އެވެ.

އިބްރާހިމް އަހްމަދާއި ހަސަން ތައުފީގު މެންބަރު ކަމުގައި ހޭދަ ކުރެއްވީ އޮގަސްޓް 3، 2016 އިން އޮގަސްޓް 2، 2021 އަށެވެ. އަދި މޫސާ އަންވަރު ހަސަނާއި އިސްހާގު މުހައްމަދުފުޅު ވަނީ ފެބްރުއަރީ 2، 2017 އިން ފެބްރުއަރީ 1، 2022 އަށް ފަސް އަހަރު ދައުރު ހަމަ ކުރައްވާފަ އެވެ.

ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށް ފަތުވާ މަޖިލީހަށް މެންބަރުން އައްޔަން ކޮށްފައެއް ނުވެއެވެ. ފަހުން ސަރުކާރުގެ ވިސްނުން ހުރީ ފަތުވާ މަޖިލީހަށް މެންބަރުން ނުނަގާ ފިގުހު އެކަޑަމީއެއް އެކުލަވާލުމަށެވެ. ފިގުހު އެކަޑަމީ އެކުލަވައިލަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށައަޅުއްވާނެ ކަމަށް ސެޕްޓެންބަރު 8، 2022 ގައި ސަރުކާރުން ހާމަކުރި އެވެ. ނަމަވެސް އެ މަސައްކަތްވެސް ނުހިނގައެވެ.

ކޮމެންޓް

1
450
ޗަނބޭލީ ދޮންމަނިކު
11 months ago

މުޅިން ފޫވެއްޓިފަ ތިބި މީހުން ޗައީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.