ޔަގީންކަން ދެންް: ސްޓެލްކޯއިން ރީޑިން ނުނަގާ ބިލު ބޮޑެއް ނުކުރާނެ

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަސް ފާހަގަ ކުރެވެނީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރުގެ ގޮތުގަ އެވެ. މި އަހަރުގެ އޭޕްރީލް މަހު، އިހުސާސް ކުރެވުނު ފިނިހޫނުމިން 44 ޑިގުރީއާ ހަމައަށް މައްޗަށް އުފުލިފައި ވެއެވެ.

ކަރަންޓް ކުންފުނި ސްޓެލްކޯގެ އިންޖީނުގެއެއް: ކަރަންޓް ބިލު ބޮޑު ކުރި ކަމަށް ބުނެ ޝަކުވާކޮށްފައިވޭ

ރީޑިން ނެގުމަކާ ނުލައި ސްޓެލްކޯއިން މިދިޔަ މަހުގެ ކަރަންޓު ބިލު ހެދި ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން އަނެއްކާވެސް ދޮގު ކޮށް އެގޮތަށް ކަރަންޓު ބިލު ނުހަދާނެ ކަން ޔަގީންކޮށް ދީފި އެވެ. 

މިއީ އެ ކުންފުނީގެ ބަސް ތަކުރާރު ކުރުމެވެ. މީގެ ކުރީންް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެސް ވަނީ އެ ގޮތަށް. ވިދާޅުވެފަ އެވެ. 

މިއަދު ނެރުނު ބަޔާނެއްގައި ސްޓެލްކޯއިން ބުނީ މިދިއަ އޭޕްރީލް މަހުގެ ރީޑިން ނުނަގައި ކަރަންޓު ބިލު ހެދި ކަމަށް ބުނެ މ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ހަބަރުތުގައި ވަނީ ރަނގަޅު މައުލޫމާތު ނޫން ކަމަށާއި ކަސްޓަމަރުން ކަރަންޓު ބޭނުންކުރާ މިންވަރަށް ވުރެ، އިތުރަށް ބިލް ތައްޔާރު ނުކުރާ ކަމަށެވެ.

"... މި ކުންފުނިން ކަރަންޓު ބިލު އަބަދު ވެސް ތައްޔާރު ކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށެވެ. މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމުގައި ދެންނެވީމެވެ." އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މޯބައިލް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ބަލައިލެވޭނެ ކަމަށެވެ. އަދި ކަރަންޓު ބިލުގެ ޖުމްލަ އަދަދު ހިސާބު ވެސް ކުރެވޭނެ ކަމަށެވެ. 

ކޮވިޑާ ގުޅިގެން ރީޑިން ނަގަން އެކުލަވާލި އުސޫލަށް މިހާރު އަމަލު ކުރުން ހުއްޓާލާފައިވާ ކަމަށާއި، އެ އުސޫލު އަދިވެސް އޮތް ކަމަށް ބުނެ ރިޕޯޓް ކޮށްފައިވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވެސް ކަރަންޓު ކުންފުނިން ބުންޏެވެ. 

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަސް ފާހަގަ ކުރެވެނީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރުގެ ގޮތުގަ އެވެ. މި އަހަރުގެ އޭޕްރީލް މަހު، އިހުސާސް ކުރެވުނު ފިނިހޫނުމިން 44 ޑިގުރީއާ ހަމައަށް މައްޗަށް އުފުލިފައި ވެއެވެ. ސްޓެލްކޯއިން މީގެ ކުރިން ވަނީ ހޫނު ގަދަ ދުވަސްވަރާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަން އާންމުންގެ ސަމާލުކަމަށް ގެންގޮސްދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.