ރާއްޖޭގެ ހައިޑްރޯގްރްފީ ޗާޓުތައް އަޕްޑޭޓް ކުރަން ވެސް އިންޑިއާ އެހީވާނެ

އިންޑިއާއިން ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ދީ އެކިދާއިރާތަކުން ރާއްޖެއަށް ދޭ އެހީތެރިކަން ރައީސް ފާހަގަ ކުރެއްވި އެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންގު މިއަދު ރައީސް އޮފީހުގައި -- ރައީސް އޮފީސް

ރާއްޖޭގެ ހައިޑްރޯގްރްފީ ޗާޓުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެއްޖެ އެވެ. 

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި އެވެ.

ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލު ކުރެއްވި އިރު ރައީސް ސޯލިހު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައިވާ ކަމަށާއި އެ ސާވޭތައް ކުރިޔަށް ގެންދަން ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަން ދޭތީ ޝުކުރިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.  

އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ "ނޫ އިގްތިސޯދު" ސިޔާސަތަށް އެހީތެރި ވެދޭން ތިން ބުރަކަށް ސާވޭގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވާނެ ކަމަށާއި މި ސާވޭގެ ދަށުން ތައްޔާރު ކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކޮށްފައިވާއިރު ޗާޓުތަކަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ވެސް އިންޑިއާއިން ކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ކުރިމަގުގައި ވެސް ދިފާއީ ދާއިރާއިން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި މި ދަތުރުފުޅުގައި ހަދިޔާކޮށް އިފްތިތާހު ކުރި "ހުރަވީ" މަނަވަރާއި ލޭންޑިން ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން އިތުރު ވެގެންދާނެ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި އަވަށްޓެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވަމުން އަންނަ ޒަމާންވީ ގާތްގުޅުމުގެ ތާރީހަށް ވެސް ރައީސް ސޯލިހު އަލި އަޅުވާލެއްވެވި އެވެ. އަދި ދެ ގައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. 

އަދި އިންޑިއާއިން ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ދީ އެކިދާއިރާތަކުން ރާއްޖެއަށް ދޭ އެހީތެރިކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.