ކަނޑުން ބައެއް ގެއްލިއްޖެ، ރައްޔިތުންނާއެކު މި ތިބީ ނިކުމެ: ގާސިމް

އެމަނިކުފާނު ވަނީ ‏ރާއްޖޭގެ ސަރަޙހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްއްދުގެ މައްސަލައިގައި އިޓްލޮސް އިން އިއްވި ހުކުމަކީ އިގްތިސާދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. ނަމަވެސް މިއީ ކުރީން ރާއްޖޭ ހިއްސާކުރި ސަރަހައްދަށް ވުރެ ކުޑަ ސަރަހައްދެކެެވެ.

އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްއްދުގެ މައްސަލައިގައި އިޓްލޮސް އިން އިއްވި ހުކުމަކީ އިގްތިސާދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށެވެ.

‏ދިވެހީންނަށް މި ފުރުސަތު ގެއްލިގެން ދިއުމުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސް އަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއް ވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުގައި ސާފުކޮށް އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. 

"މި އަމަލަކީ ދިވެހިރާއްޖޭގެ ގާނޫންއަސާސީގެ ތިން ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށް ނުވޭތޯއެވެ،" ގާސިމް ސުވާލު ކުރައްވާފައިވެއެވެ.

އެމަނިކުފާނު ވަނީ ‏ރާއްޖޭގެ ސަރަޙހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިޓްލޮސް ގެ މި ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެން ދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް އެ މަގަށް ދިވެހިރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ތިބީ ނިކުމެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

1
450
އަލިހޮއްކޮ
11 months ago

ނުކިޔަވާތިބީމަ ވާގޮތް! އެޑްވައިޒަރުންނަށްވެސް މިތިބީ އިލްހާމު، ރިޔާޒު، ނިހާނުމެން ވިއްޔަ! ޗާރޓެއް ރީޑްކުރަން އެނގޭ އެކަކުނެތް! ބައުންޑަރީއަކުން ހަމަ އެންމެ ތަންކޮޅެއްވެސް ނުގެއްލޭ! އިތުރަށް ލިބުނީ! ކަމުގެ މާހިރުން ކިޔާ އެއްޗެއް އަހާބަލަ!

ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.