ރަޝިއާއިން ޔުކްރޭނަށް ދޭ މިސައިލް ހަމަލާތައް ފުޅާކޮށްފި

ރަޝިޔާ ބުނާ ގޮތުން އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ އަމާޒު ކުރަނީ ޔޫކްރޭން ސިފައިންގެ ރިޒާވް ޔުނިޓްތަކަށެވެ. އަދި ރޭގެ ހަމަލާތައް ވެސް އަމާޒަށް ދަތުރު ކުރި އެވެ.

ރަޝިޔާގެ ހަމަލާއެއް އަމާޒުވި ސަރަހައްދެއްގައި ޔުކްރޭންގެ ސިފައިންގެ ބަޔަކު ހަރަކާތްތެރި ވަނީ

އަރައިގަނެގެން ހިފައި ރަޝިއާގެ ކޮންޓްރޯލްގައި ބާއްވާފައި އޮންނަ ކްރައިމިއާގައި ހުރި ތެޔޮ ގުދަނެއް ގޮއްވާލުމުގެ ބަދަލަށް ރަޝިޔާއިން ހަމަލާތައް ފުޅާކޮށް މިސައިލާއި ބަރު ހަތިޔާރުގެ ހަމަލާތަކުގެ ސިލްސިލާއެއް ފަށައި ޔުކްރޭނަށް ގެއްލުންތައް ދީފި އެވެ. 

ހެނދުނު ދޭން ފެށި ހަމަލާތަކަކީ މިދިއަ ތިން ދުވަހުގެ ތެރޭގައި ދިން މިފަދަ ސިލްސިލާ ދެވަނަ ހަމަލާ އެވެ.  

ރަޝިޔާގެ ހަމަލާތަކުގައި ހަރްސަން ސަރަހައްދުން މީހަކު މަރުވެފައިވާއިރު، ޑްނިޕްރޮޕެޓްރޮވްސްކްގައި 25 މީހަކު ޒަހަމްވެފައި ވެއެވެ. އެ މީހުންގެ ތެރޭގައި ތިން ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. ރަޝިޔާގެ ހަމަލާތަކުގައި އުސް 19 އެޕާޓްމަންޓް ބްލޮކާއި 25 ގެއަކާއި ހަ ސްކޫލަކާއި ކިންޑަގާޑަން އާއި ފަސް ފިހާރައަކަށް ވެސް ގެއްލުންތައް ލިބިފައި ވެއެވެ.

ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ރަޝިއާއިން 18 މިސައިލެއް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ތެރެއިން 15 މިސައިލް އެގައުމުގެ ވައިގެ ދިފާއީ ބާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބުނީ ރަޝިއާއިން މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޑްނިޕްރޯ ކައިރިން ޕަވްލޮހްރާޑް ސިޓީ ކަމަށެވެ.

ކިއެވް ސިޓީގެ އަސްކަރީ އިދާރާގެ ވެރިޔާ ސެރްހީ ޕޮޕްކޯ ވިދާޅުވީ ކިއެވްގެ ވައިގެ ސަރަހައްދަކަށް ވެސް މިސައިލްތައް ވައްޓާލާފައިވާ ކަމަށާއި އެހަން ބައެއް ސަރަހައްދުތަކަށް ބޮމުގެ 39 ހަމަލާއެއް ބިންމަތީގެ ހަތިޔާރާއި ޑްރޯނާއި ޖެޓްފައިޓަރު ތަކުން ހަމަލާ ދިން ކަމަށެވެ.   

މިދިއަ ހުކުރު ދުވަހު ރަޝިޔާއިން ބުނެފައި ވަނީ އެގައުމުގެ އަސްކަރިއްޔާއިން އަމާޒުކުރަނީ ޔޫކްރޭން ސިފައިންގެ ރިޒާވް ޔުނިޓްތަކަށަށް ކަމަށެވެ. އަދި ރޭގެ ހަމަލާތައް އަމާޒަށް ދަތުރު ކުރި ކަމަށް ވެސް ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.