ކްރައިމިއާގެ މައި ތެޔޮ ގުދަނަކަށް ހަމަލާދީ ގޮއްވާލައިފި

ކްރައިމިޔާގެ ރަޝިޔާ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ޔުކްރޭނުން ހަމަލާއެއް ދިން ނަމަވެސް ބޭނުންވި ކާމިޔާބީއެއް ނުހޯދުނެވެ.

ގުދަނުގައި އަލިފާން ރޯވެފައި: ބޮޑެތި ގެއްލުން ލިބުނު

ކްރައިމިޔާގެ އެންމެ ފުޅާ ތެޔޮ ގުދަނަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދީ އެ ތަން ގޮއްވާލައި ބޮޑެތި ގެއްލުން ދީފި އެވެ. 

ކްރައިމިއާއަކީ ޔުކްރޭނުން ވަކިކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ތަނެކެވެ. ގޮއްވާލައި ރޯކޮށްލި އެ ގުދަނީ ސެވާސްޓޮޕޯލް ބަނދަރުގައި ހުންނަ މައި އެއް ގުދަނެވެ. 

ޔުކްރޭނުގެ މި ޑްރޯން ހަމަލާއާއެކު ރޯވި އަލިފާންގަނޑު ކިލޯމީޓަރަކަށް އުދުހި އެތައް ސަރަހައްދަކަށް ދުން ބޯވި އެވެ. މި ހާމަލާ ދިނީ ޔުކްރޭނުން ކަމަށް ބުނަނީ ރަޝިޔާ އެވެ. ޔޫކްރެއިނުން ހަވާލެއް ނުވެއެވެ. 

ރޯކޮށްލި ގުދަނުގައި ރައްކާ ކޮށްފައި ހުރި 40,000 ޓަނުގެ ތެލުގައި ރޯވެ އަނދާފައިވެ އެވެ. އެއަކީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި ބޭނުން ކުރަން ރައްކާކޮށްފައި ހުރި ތެލުން ބައެކެވެ.  

ކްރައިމިޔާގެ ރަޝިޔާ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ޔުކްރޭނުން ހަމަލާއެއް ދިން ނަމަވެސް ބޭނުންވި ކާމިޔާބީއެއް  ނުހޯދުނެވެ.  

ކްރައިމިޔާއަކީ 2014 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން އަތްގަ ދަކޮށްފައިވާ ސަރަހައްދެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.