އެމްޑީޕީގެ މައި ހަރުގެ ހުސް ކުރަނީ

މީގެ 17 ވަރަކަށް އަހަރު ކުރިން އެމްޑީޕީ އުފެދުމަށް ފަހު، އެ ބިން ބޭނުން ކުރަން ފެށީ 7 ފެބުރުއަރީގައި އެމްޑީޕީގެ ކުރީގެ ހަރުގެއަށް ފުލުހުން ވަދެ އެތަން ހަލާކޮށްލި ފަހުންނެވެ.

އެމްޑީޕީގެ 2023 ރިޔާސީ ޕްރައިމަރީގެ ބޮޑު ކާމިޔާބީ=އަށް ފަހު ރައީސް ސޯލިހުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ހަރުގޭގައި އުފާފާޅުކުރައްވަނީ: ހަރުގެ ހުސްކުރަން ވަނީ އަންގާފައި

ހެންވޭރު، އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން ހަދާފައިވާ އެ ޕާޓީގެ މައި ހަރުގެ ހުސް ކުރަން އަންގާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާ ޕާސަން އިބްރާހީމް ވަހީދު (އިބްރޭ) "މި" ނޫހަށް ވިދާޅުވީ ހަރުގެ ހުސް ކުރުމަށް މިދިޔަ މަހު ނޯޓިސް ލިބިފައިވާ ކަމަށެވެ. އެ ނޯޓިސްގައިވާ ގޮތުން، މިއަދުން ފެށިގެން އެތަން ހުސް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރުގެ ހުންނަ ބިމުގެ ވެރިޔާ އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ، ޝަފިއްޔާ ޒުބައިރު "މި" ނޫހަށް ވިދާޅުވި ގޮތުގައި ހަރުގޭގެ މައްސަލައިގެ މަޝްވަރާތައް ކުރިއަށް ދެއެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އޮފިޝަލުންނާ ބަރާބަރަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. 

"މިއީ އެއްގޮތަކަށް ވެސް ސިޔާސީ ކަމެއް ނޫން. ވިޔަފާރީގެ މުއާމަލާތެއް މިއީ" ޝަފިއްޔާ ވިދާޅުވިއެވެ.

މީގެ 17 ވަރަކަށް އަހަރު ކުރިން އެމްޑީޕީ އުފެދުމަށް ފަހު، އެ ބިން ބޭނުން ކުރަން ފެށީ 7 ފެބުރުއަރީގައި އެމްޑީޕީގެ ކުރީގެ ހަރުގެ ފުލުހުން ހަލާކޮށްލި ފަހުންނެވެ. އެންމެ ފުރަތަމަ އެމްޑީޕީން ހަރުގެ ހިންގީ ދުންފިނިގޭގަ އެވެ. އަމީނީ މަގުގައި މިހާރު މާރުކޭޓެއް ހިންގާ ބިމުގަ އެވެ. ދެން  މިހާރު ހަރުގެ ހުރި ތަނުގަ އެވެ.

އެމްޑީޕީ ދެބައިވެ، ފެކްޝަން ބެހުނު ޕްރައިމަރީގައި އެ ހަރުގެ ބޮޑަށް ބޭނުން ކުރަމުން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން އެދުވަސްވަރު ބޮޑަށް ބޭނުން ކުރަމުން އަންނަނީ ޗާންދަނީމަގުގައި "ދަނޑިކޮށި ޖަގަހަ" އިގެ ނަމުގައި ހަދާފައިވާ ތަނެކެވެ. ނަމަވެސް، ޕްރައިމަރީއަށް ފަހު، ރައީސް ފެކްޝަނުގެ އިވެންޓުތައް ވެސް ހަރުގޭގައި ބާއްވާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.