އެ ތަކެތި އަތުލައި ހިފެހެއްޓީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ވަލުގެ ދިރޭތަކެތި ހިމާޔަތް ކުރުމުގެ ގާނޫނާ ހަވާލާދީ އެވެ.
ނިއު ދިއްލީ (ޖުލައި 10) - ހަރުފަ އާއިލާގެ އެކި ބާވަތުން 22 ހަރުފައެއް ހިފައިގެން އިންޑިއާއަށް އެތެރެވި އިންޑިއާ އަންހެނަކު އިންޑިއާގެ ޗެންނާއީ އެއާޕޯޓްގެ ކަސްޓަމްސްގެ އޮފިޝަލުން ހިފަހައްޓައިފި އެވެ.
އެ އަންހެން މީހާ ޗެންނާއީ އެއާޕޯޓަށް އައީ މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކުއަލަލަމްޕޫރުން ދަތުރު ކުރި ފްލައިޓަކުންނެވެ. އިންޑިއާގެ ކަސްޓަމްސް އިން އެ މީހާ ހިފަހެއްޓީ އޭނާގެ އުޅުމާމެދު ޝައްކު ކުރެވިގެނެވެ.
އެމީހާ ޗެކްކޮށް ފޮށިތަންމަތި ބެލިއިރު އެކި ބާވަތުން 22 ހަރުފަ ފެނިފައިވެ އެވެ. އަދި ސައިޒް ބޮޑު ބޮނޑެއް ވެސް އޭނާ އެތެރެ ކޮށްފައި ވެއެވެ.
އެ ތަކެތި އަތުލައި ހިފެހެއްޓީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ވަލުގެ ދިރޭތަކެތި ހިމާޔަތް ކުރުމުގެ ގާނޫނާ ހަވާލާދީ އެވެ. އަދި އިއްޔެ އެ އަންހެން މީހާ ކޯޓަށް ހާޒިރު ކުރުމުން ވަނީ 14 ދުވަހުގެ ޝަރުއީ ބަންދަކަށް ފޮނުވާލާފަ އެވެ.