އެސްޓީއޯ ހިއްސާދާރުންނަށް ޖެހޭ އަދަދުމަތިކޮށް ބަހަން ހުށަހަޅައިފި

އެސްޓީއޯގެ ފައިދާ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެހެންވެ ހިއްސާދާރުންނަށް ބަހާ އަދަދުވެސް މަތިވަމުންދެ އެވެ.

އެސްޓީއޯގެ އެމްޑީ ސައީދު : ކުންފުނީގެ ވިޔަފާރި ފުޅާ ކުރަން އާ އެމްޑީ ވަނީ މަސައްކަތް ފައްޓަވާފަ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ ފައިދާއިން ހިއްސާދާރުންނަށް ޖެހޭ އަދަދު ކުރީ އަހަރަށްވުރެ މަތިކޮށް ބަހަން ބޯޑުން ހުށަޅައިފި އެވެ. 

އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 77ރ. ގެ މަގުން ބަހާށެވެ. މި ނިންމުމަށް އަމަލު ކުރެވޭނީ އެ ކުންފުނިން އެންމެ އަވަހަށް ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެގޮތަށް ފާސްކޮށްގެންނެވެ.  

ބޯޑުގެ މި ނިންމުމާއެކު އެ ކުންފުނީގެ ހިއްސާދާރުނަށް ފައިދާގެ ގޮތުގައި ލިބޭ އަދަދު ކުރީ އަހަރަށްވުރެ ބޮޑުވެގެންދާނެ އެވެ. އެންމެ ފަހުން އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 65ރ. އެވެ. އެހެންވެ މިއީ ހިއްސާއަކަށް ޖެހޭ މިންވަރު 12ރ. ގެ އިތުރުވުމެކެވެ. އެސްޓީއޯގެ ވިޔަފާރި ތަރައްގީވެ ފުޅާވަމުންދާއިރު ފަސް އަހަރަށް ބެލިނަމަވެސް ހިއްސާދާރުންނަށް ޖެހޭ މިންވަރު އިތުރުވަމުންދާކަމަށް ދައްކަ އެވެ. 

އެސްޓީއޯ ހިއްސާދާރުންގެ ފައިދާ އިތުރުވާ މިންވަރު

  •  2018 -- ހިއްސާއަކަށް 58ރ.
  •  2019 -- ހިއްސާއަކަށް 58ރ.
  •  2020 -- ހިއްސާއަކަށް 60ރ.
  •  2021 -- ހިއްސާއަކަށް 65ރ.
  •  2022- ހިއްސާއަކަށް 77ރ.

އެސްޓީއޯ އިން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް މި އަހަރާއި އަންނަ އަހަރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.