ސިންގަޕޫރަށް ކެނަބިސް ވެއްދި މީހަކު ދަންޖައްސައި މަރައިފި

އުމުރުން 46 އަހަރުގެ ޓަންގާރާޖޫ ސުއްޕިއާ ދަންޖައްސައި މެރީ އޭނާއަށް މަރުގެ އަދަބު ނުދޭން ގޮވާލައި އިހުތިޖާޖެއް ވެސް ކުރަނި ކޮށެވެ.

އުމުރުން 46 އަހަރުގެ ޓަންގާރާޖޫ ސުއްޕިއާ: މަރުގެ އަދަބު ދިނީ މިއަދު ހެނދުނު

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ އެއް ކިލޯ ސިންގަޕޫރަށް އެތެރެ ކުރަން އެހީތެރިވުމާއި ބައިވެރިވެ ހިތްވަރު ދިން ކަމަށް ތުހުމަތުވެ، ޝަރީއަތުގައި އެ ކުށް ސާބިތުކޮށް މަރާލަން ހުކުމް އިއްވާފައިވާ މީހާ، ޓަންގަރާޖޫ ދަންޖައްސައި މަރާލައިފި އެވެ.

މަރުގެ ހުކުމް އޭނާގެ މައްޗަށް ތަންފީޒު ކުރީ މިއަދު ހެނދުނު އެވެ. އެއާއެ އޭނާގެ މަރުގެ ސެޓްފިކެޓް ވަގުތުން އާއިލާއާ ހަވާލު ވެސް ކުރި އެވެ.

އުމުރުން 46 އަހަރުގެ ޓަންގާރާޖޫ ސުއްޕިއާ ދަންޖައްސައި މެރީ އޭނާއަށް މަރުގެ އަދަބު ނުދޭން ގޮވާލައި އިހުތިޖާޖެއް ވެސް ކުރަނިކޮށެވެ. 

އެ އިހުތިޖާޖު ކުރާ މީހުންގެ ވާހަކައަކީ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ބަލިކައްޓެވެ. އަދި އެ މީހުން ވަނީ އޭނާ ކެނަބިސް ޓްރެފިކް ފުލުހުންނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ބުނެ އޭނާއަށް ޝަރުތު ހިމެނޭ މައާފެއް ދޭން ސިންގަޕޫރުގެ ރައީސް ހަލީމާހު ޔަކޫބަށް ގޮވާވެސް ލާފަ އެެވެ. 

މި އިހުތިޖާޖުތައް އޮއްވާ އަދަބު ތަންފީޒު ކުރި އިރު އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވެސް އެ މީހާއަށް މަރުގެ އަދަބު ދިނުން މަޑުޖައްސާލަން ގޮވާލާފައި ވެއެވެ.

މަރާލި ޓަންގާރާޖޫ ސުއްޕިއާގެ އާއިލާގެ ދެ މެންބަރަކު ރޮނީ

ސިންގަޕޫރުގައި 500 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުނަށް ގާނޫނުގެ ތެރެއިން މަރުގެ އަދަބު ދެވެ އެވެ. ޓަންގާރާޖޫ ސުއްޕިއާ އަކީ އެއްކިލޯގެ ކެނަބިސް ޓްރެފިކް ކުރަން ބައިވެރިވި ކަމަށް 2018 ވަނަ އަހަރުގެ ތެރޭގައި ކުށް ސާބިތުކޮށްފައިވާ މީހެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.