ހަފުތާއެއްގެ ތެރޭގައި 199 މީހުނަށް ކޮވިޑްޖެހިއްޖެ

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 186،241 އެވެ. ކޮވިޑް ޖެހިގެން މިހާތަނަށް މަރުވީ 313 މީހުނެވެ.

ކޮވިޑް ޖެހިފައިވާ ބަލި މީހުން އުފުލުގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުން: ރާއްޖޭގައި ކޮވިޑް ނަމްބަރުތައް ވަނީ އިތުރުވެފައި

  ރާއްޖޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމަށް ފަހު އެ ނިސްބަތް ދަށް ނުވެ އިތުރު 199 މީހަކު މިދިއަ ހަފުތާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިިއަދަ މާރިޗް މަހުގެ 26 އިން ފެށިގެން ކޮވިޑްޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ބޮޑުތަނުން އިތުރުވެފައި ވެއެވެ. އަދި ފަހުގެ ހިސާބުތަކުގައިވާ ގޮތުން އޭޕްރިލް 16 އިން 22 އާ ހަމައަށް 199 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ.

އެއީ މާލޭ ސަރަހައްދުން ކޮވިޑް ޖެހުނު 137 މީހަކާއި އަތޮޅު ތަކުގެ ރަށްރަށުން ކޮވިޑް ޖެހުނު 17 މީހަަކާއި ރިސޯޓްތަކާއި ސިނާއީ ރަށްތަކުން އެ ބަލި ޖެހުނު 45 މީހެކެވެ. އޭގެ ތެރެއިން 35 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދެ އެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 186،241 އެވެ. ކޮވިޑް ޖެހިގެން މިހާތަނަށް މަރުވީ 313 މީހުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.