ޝާޒް ހުވާކުރައްވައިފި، އެމްޑީޕީއަށް މަޖިލީހުގައި އިތުރު ދެ ގޮނޑި

މީގެ ކުރިން ޕީޕީއެމްގެ ބާރު ގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަ ވުމުންނެވެ.

ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް މެންބަރުކަމުގެ ހުވާ ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި، އިބްރާހީމް ޝާޒް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އޭނާއަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ. އޭނާ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

ޝާޒްއާއެކު، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުވެސް މިއަދު ވަނީ ރަސްމީކޮށް އެމްޑީޕގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފައްޓަވާފަ އެވެ. 

އެއާއެކު، މިހާރު މަޖިލީހުގެ ގޮނޑިތައް ޕާޓީތަކަށް ބެހިފައިވާ ގޮތަކީ:

  •  އެމްޑީޕީ - 68 ގޮނޑި
  •  ޕީޕީއެމް - 5 ގޮނޑި
  •  ޕީއެންސީ - 3 ގޮނޑި
  •  އެމްއެންޕީ - 3 ގޮނޑި
  •  ޖުމްހޫރީ ޕާޓީ - 2 ގޮނޑި
  •  އެމްޑީއޭ - 2 ގޮނޑި
  •  ޕާޓީއަކަށް ނިސްބަތް ނުވާ - 4 ގޮނޑި

މީގެ ކުރިން ޕީޕީއެމްގެ ބާރު ގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަ ވުމުންނެވެ. 

މި މަހު އޮތް އެ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރީ 1346 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި، ޕީޕީއެމްގެ ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. ދެން އެ އިންތިހާބުގައި ވާދަ ކުރެއްވީ އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވި އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.