ދެވަނަ ފަހަރަށް ކެޔޮދޫ ހަތިމު ވީދައިފި، ވިދާ މީހަކު ނޭނގޭ

އާބާދީގައި 600 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކެޔޮދޫއަކީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތައް ވީދާލާފައި

ވ. އަތޮޅު ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލާފައި ހުއްޓާ އިއްޔެ ފެނިއްޖެ އެވެ. މިއީ އެރަށުގައި މި ފަހަކަށް އައިސް އެފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. -- ކެޔޮދޫ އަކީ ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގައި 600 އެއްހާ މީހުންނާއެކު އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށެވެ.

ކެޔޮދޫ ކައުންސިލުގެ ރައީސް އަހްމަދު ސިރާޖު "މި" ނޫހަށް ވިދާޅުވީ ގުރުއާން ހަތިމުތައް ވީދާލާފައި ހުއްޓާ ފެނުނީ އިއްޔެ ފަތިސް ނަމާދަށް ދިޔަ ބަޔަކަށް ކަމަށެވެ.

"ހަތިމުތަކުގެ މެދުން ހަތަރުވަރަކަށް ސޮފުހާ ކަނުން ކަނަށް އިރާލާފައި ހުރީ" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އެރަށުގައި އެ ފަދަ ހާދިސާއެއް ހިނގިއެވެ. އެފަހަރު ޚަތިމުތައް ވީދާލާފައި ހުއްޓާ ފެނުނީ ހަވީރުގެ ވަގުތެއްގަ އެވެ. އެފަހަރު ފުލުހުން އެ މައްސަލަ ބެލުމުން ވެސް ކަންކުރި ބަޔަކު ހޯދިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުން ވިދާޅުވި މިފަހަރު ތަންކޮޅެއް ރަނގަޅަށް ބަލާނަމޭ ފޮރެންސިކްސްއާ އެއްޗެހި" ސިރާޖު ވިދާޅުވިއެވެ.


ކޮމެންޓް

2
450
އުއްޗުބެ
1 year ago

މިކަމަކީވެސް އާއްމ ކަމަކަށް ހަދާ ނޯމަލައިޒް ކޮއްލަނީ ދެން ތިންވަނަ ފަހަރު ހަތުމުތައް އިރާލީމާ އެވާހަކަ ނުދައްކާނެ. އެއޮތީ އެމީހުން ބޭނުންވާ ކަން ވެފައި

ނިއުޝާދު ޝަރީފު
1 year ago

އެއީ ގަސްދުގައި ފިތުނަ އުފައްދަން ކުރާ ކަންކަން، ސަމާލުކަމަށް އައިސްގެން ވެސް ފިތުނަށް އުފައްދައި ހަދާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.