ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

ގާޒީ ހަސަން ސައީދު ރިޓަޔާ ކުރެއްވިއިރު، ފަނޑިޔާރުކަމުގައި ވޭތުވެދިޔަ 21 އަހަރު ވަނީ މަސައްކަތް ކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ކުރިން ފެމެލީ ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވި ހަސަން ސައީދު މިއަދު މަގާމުން މުސްކުޅި ކުރައްވާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.

ގާޒީ ހަސަން ސައީދު ރިޓަޔާ ކުރެއްވިއިރު، ފަނޑިޔާރު ކަމުގައި ވޭތުވެދިޔަ 21 އަހަރު ވަނީ މަސައްކަތް ކުރައްވާފަ އެވެ. ޖޭއެސްސީ އިން ވަނީ ގާޒީ ކޮށްދެއްވި މަސައްކަތަށް އަގު ވަޒަންކޮށް ޝުކުރުގެ މެސެޖެއް ވެސް ފޮނުވާފަ އެވެ.

ގާޒީ ހަސަން ސައީދަކީ ފަނޑިޔާރުކަން ކުރެއްވިއިރު އެކި ފަހަރު މަތިން އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ގާޒީއެކެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމުން އޭނާއަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވުނެވެ. އެ އަމުރު ނެރުމާއެކު އަލީ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ.

މީގެ އިތުރުން، ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރެއްވިކަން ސާބިތުވެ މިއަހަރުގެ ފެބްރުއަރީ މަހު ގާޒީ ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ. 

މި ގާޒީ ކުރީން - މީގެ ކުރީން ވެސް މި ގާޒީގެ ގިނަ މައްސަަލަތަކެއް ޖޭއެސްސީން ބެލި އެވެ. އާންމުކޮށް ހުޅުވާލަައިގެން ޖޭއެސްސީން ކުރިއަށް ގެންދިޔަ މައްސަލައެއްގައި ދިފާއުގައި ވާހަކަ ދައްކަވަމުން ވަރަށް ބޮޑަށް ކީރިތި ކުރެއްވުމުން އެ ފަހަރު ގާޒީ ހަސަން ސައީދަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.