ދުނިޔޭގެ އެކި ބައްރުތަކުން 36 އެއާލައިނެއް ރާއްޖެއަށް

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަބަދުވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ދެ އެއާލައިންއަކީ އެމިރޭޓްސް އާއު ގަތަރު އެއާވޭސް އެވެ. އަދި އެންމެ ގިނަ ފްލައިޓް ބާއްވަމުންދަނީ ވެސް މި ދެ ކުންފުނިންނެވެ. .

ރާއްޖެ އައި ގަތަރު އެއާވޭސްގެ ބޯޓަކަށް ވީއައިއޭއިން ވޯޓާ ސެލިއުޓެއް ދެނީ -- ޓީޓީއެމް

ދުނިޔޭގެ އެކި ބައްރުތަކުން 36 އެއާލައިނެއް ރާއްޖެ އަށް އޮޕަރޭޓް ކުރަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މައުލޫމާތުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ޓޫރިޒަމް އެރައިވަލްސްގެ އެއާލައިން ސްޓެޓިސްޓިކް ދައްކާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 36 އެއާލައިނަކުން ދަނީ ރާއްޖެއަށް ޓޫރިސްޓުން ގެނެސްދެމުންނެވެ،  

މި މައުލޫމާތުތަކުގައިވާ ގޮތުން ނަމަ ރާއްޖެއާ އެންމެ ދުރުން ޓޫރިސްޓުން ގެންނަނީ ރަޝިއާ އާއި އޮސްޓްރޭލިޔާއިންނެވެ. ރަޝިއާ އިން ރާއްޖެއަށް މީހުން ގެންނަން އޮޕަރޭޓް ކުރަނީ އެ ގައުމުގެ އޭރޯފްލޮޓް އެވެ. އަދި އޮސްޓްރޭލިއާއިން ޓޫރިސްޓުން ގެންނަނީ އޮސްޓިރިއަން އެއާލައިންސް އިންނެވެ. ރާއްޖެއަށް އެއް ކުންފުންޏެއްގެ ދެ އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. އެއީ އެއާއޭޝިއާ އާއި އެއާއޭޝިއާ ތައިލެންޑް އެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަބަދުވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ދެ އެއާލައިންއަކީ އެމިރޭޓްސް އާއު ގަތަރު އެއާވޭސް އެވެ. އަދި އެންމެ ގިނަ ފްލައިޓް ބާއްވަމުންދަނީ ވެސް މި ދެ ކުންފުނިންނެވެ. 

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމުލަ 626,392 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުއައި 527,366 މީހުންނާ އަޅާބަލާނަމަ 18 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރު ސަރުކާރުން ވަނީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓެއް ކަނޑަޅާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.