ބާޓިކްގެ މާލެ - މެލޭގެ ދަތުރުތަކުގެ ބުކިންސް ހުޅުވާލައިފި

ދަތުރުތަކާއެކު ބާޓިކް އެއާއިން ވަނީ އޯލް އިންކްލޫސިވް އިކޮނޮމީ ކްލާސް ޕްރޮމޯޝަނަލް ފެއާއެއް މާލެއިން ކުއަލަލަމްޕޫރަށް ދިއުމާއި އައުމަށް 459 ޑޮލަރަށް ހުޅުވާލާފަ އެވެ.

ބާޓިކް އެއާގެ މަތިންދާ ބޯޓެއް: ރާއްޖެއަށް ދަތުރުތަށް ފަށާނެ

މެލޭޝިއާގެ ބާޓިކް އެއާލައިނުން އެ ގައުމުގެ ވެރިރަށް ކުއާލަލަމްޕޫރުން ރާއްޖެއަށް ފަށާ ދަތުރުތަކުގެ ބުކިންސް އަށް ހުޅުވާލައިފި އެވެ. 

ބާޓިކް އެއާގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ ގޮތުގައި އޮންނަ ކޮންސިއާޖް ގްރޫޕުން ބުނީ ބާޓިކް އެއާލައިންގެ ސޭލްސް އާއި ރިޒަވޭޝަނާއި ޓިކެޓިންގެ ހިދުމަތް އެ ގްރޫޕުން ދޭނެ ކަމަށެވެ. އަދި އަންނަ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ ކޮލޮމްބޯއާއި ކުއަލަލަމްޕޫރާ މާލެއާ ދެމެދު ދަތުރުތައް ފަށާނެ ކަމަށެވެ. 

މީގެ އިތުރުން ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުއާލަލަމްޕޫރުން މާލެއާ ދެމެދު ޑައިރެކްޓް ފްލައިތްތައް ފަށާނެ އިރު އެ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ.

ދަތުރުތަކާއެކު ބާޓިކް އެއާއިން ވަނީ އޯލް އިންކްލޫސިވް އިކޮނޮމީ ކްލާސް ޕްރޮމޯޝަނަލް ފެއާއެއް މާލެއިން ކުއަލަލަމްޕޫރަށް ދިއުމާއި އައުމަށް 459 ޑޮލަރަށް ހުޅުވާލާފަ އެވެ. ފެއާގެ ދަށުން މާލެއިން ކޮލަމްބޯއަށް ދިޔުމަށާއު އައުމަށް ނަގަނީ 289 ޑޮލަރެވެ. 

ފެއާގެ ދަތުރުތަކުގައި 20 ކިލޯގެ ބެގޭޖް އެލަވަންސްއާއެކު ހިލޭ ކެއުން ދެއެވެ. ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ފުލް ސާވިސް ލިބޭއިރު ބެގޭޖް އެލަވަންސްގެ ގޮތުގައި 40 ކިލޯ ދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.