ޓެރަސްމަތީގައި އިރުގެ ހޫނުން ބިސްގަނޑެއް އަޅައިފި

މަދު މިނެޓްކޮޅެއްގެ ތެރޭގައި ހައިރާން ކުރުވަނިވި ގޮތަކަށް ބިސްގަނޑު ފުރިހަމައަށް ފިހެވި އަޅާލެވެ އެވެ. އަދި އެމީހާ ވެސް އޮމެލެޓްގެ ރަހަ ބެލުމަށްފަހު މީރު ކަމަށް ބުނެ އެވެ.

ޓެރަސްގެ ރެއިލިން ފާރުމަތީގައި ތަވާ ބަހައްޓައިގެން މީހަކު އެޅި ބިސްގަނޑާއި ތަވާ

އިންޑިއާގައި ދުވާލުގެ ފިނި ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު އިރުމަތީ އަދި އުތުރު އިންޑިއާގެ ގިނަ ސަރަހައްދު ތަކުގައި 40 ޑިގްރީއާ ގާތްކުރާ މިންވަރަކަށް ހޫނުމިން އުފުލިފައި ވެއެވެ. 

ވެސްޓް ބެންގޯލްގައި ވެސް މޫސުން ބަދަލުވެ ގަދަ ހޫނުގެ ހާލަތެއް ކުރިމަތިވެފައި ވާއިރު އެ ހޫނު ކަމާ ގުޅޭ ތަޖުރިބާއެއްކޮށް މީހަކު ވަނީ އޭނާގެ ގޭގެ ޓެރަސް މަތީގައި އިރުގެ ހޫނުން ކާމިޔާބު ކަމާއެކު ބިސްގަނޑެއް އަޅައި ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

ވެސްޓް ބެންގޯލްގެ އެ މީހާ އެ މީހާ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ވީޑިއޯގައި ފެންނަނީ އޭނާގެ ގޭގެ ޓެރަސްގައި ބިސްގަނޑެއް އަޅާ ތަނެވެ. އޭނާ އެކަން ކުރީ އުނދުނެއް ގޭހެއް އަދި ތެލުގެ އެހީއާ ނުލަ އެވެ. އޭނާ ބިސްގަނޑެއް އަޅަން ބޭނުން ހިފީ މިހާރު ވެރިވެފައިވާ ގަދަ ހޫނެވެ. 

ޓެރަސްގައި ސްމާޓްފޯނުގެ ކެމެރާއަކުން ނަގާފައިވާ ވީޑިއޯގައި މެންދުރުގެ ގަދަ އަވީގެ ތެރޭގައި އެމީހާ ޓެރެސްގެ ރެއިލިން ފާރު މަތީގައި ތަވާ ބަހައްޓަ އެވެ. އެއަށްފަހު ބިހެއް ތަޅާލައި ތަވައަށް އޮއްސާލަ ލައެވެ.  

އަދި އޭގެ އޭގެ މަދު މިނެޓްކޮޅެއްގެ ތެރޭގައި ހައިރާން ކުރުވަނިވި ގޮތަކަށް ބިސްގަނޑު ފުރިހަމައަށް ފިހެވި އަޅާލެވެ އެވެ. އަދި އެމީހާ ވެސް އޮމެލެޓްގެ ރަހަ ބެލުމަށްފަހު، "އޯސަމް، އެކްސެލެންޓް އެންޑް ވެރީ ގުޑް" ކަމަށް ވެސް ބުނަލަ އެވެ.

މި ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އަދި މި ވީޑިއޯ ކްލިޕަށް 1.5 މިލިއަން ވިއުސް އާއެކު އެތައް ރިއެކްޝަންތަކެއް ލިބިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.