ރެސްޓޯރެންޓެއް ހުޅުވަން ޝަރަފުވެރި މެހުމާނަކަށް ގެރިއެއް

މިފަދަ ރެސްޓޯރެންޓެއްގެ ހިޔާލު އައީ ނިއުޓްރިޝަން، ކެމިކަލް ނުހިމެނޭ ކާނާތައް ކެއުމަށް މީހުންގެ ޝައުގުވެރިވެފައިވާ މިންވަރު ބޮޑު ވެގެނެވެ.

އިންޑިއާގެ ލަކްނޯގައި ރެސްޓޯރެންޓެއް ހުޅުވަން ގެންދިޔަ ގެރި

އާންމު ގޮތެއްގައި ރެސްޓޯރެންޓެއް ނުވަތަ ފިހާރައެއް ހުޅުވައި އިފްތިތާހު ކުރާ ވާހަކަ އަޑު އިވުމުން އެންމެ ފުރަތަމަ ސިކުނޑިއަށް އަންނާނެ ތަސްވީރަކަށް ވާނީ ސިޔާސީ ބޭފުޅެއް، މަޝްހޫރު މީހެއް ނުވަތަ ފާހަގަ ކޮށްލެވޭ ޝަޚުސިއްޔަތަކު ޗީފް ގެސްޓެއްގެ ގޮތުގައި އެ މުނާސަބަތެއްގެ ޝަރަފުވެރި ކޮށްދޭ ތަނެވެ.

އެއާ ހިލާފަށް ގެރިއެއް ރެސްޓޯރެންޓެއް ހުޅުވައި އިފްތިތާހު ކޮށްދޭ ވާހަކަ އަޑުއެހިން ހެއްޔެވެ؟ ތިޔަ އަޑުއެހީ ރަނގަޅަށެވެ. ޝަރަފުވެރި މެހެމާނަކަށް ގެރިއެއް ހަދައި، އިންޑިއާގެ ލަކްނޯގެ ފުރަތަމަ އޯގަނިކް ރެސްޓޯރެންޓް އިފްތިތާހު ކޮށްފި އެވެ.

"އޯގަނިކް އޮއޭސިސް" ގެ ނަމުން ނަން ދީފައިވާ މި ރެސްޓޯރެންޓަކީ ކުރީގެ ޑެޕިއުޓީ އެސްޕީ ޝައިލެންދްރާ ސިންގްގެ ރެސްޓޯރެންޓެކެވެ. އޯގަނިކް ދަނޑުވެރިކަމުގެ އުފެއްދުންތަކުން ހަދާފައިވާ ކާނާ މި ރެސްޓޯރެންޓުން ލިބޭނެ އެވެ.

ނޫސްތަކުން އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަނީ ރީނދޫ ހެދުމެއްގައި ޒީނަތްތެރި ކޮށްފައިވާ ގެރިއެއް ރެސްޓޯރެންޓުގެ ތެރެއަށް ވައްދައި މީހުން އެ ގެރިއާ އޮޅުލައި ހަދާ ތަނާއި ބައްދާލައިގެން ކާންދޭ ތަނެވެ. އަދި އެ ގެރި ވަނީ ރެސްޓޯރެންޓްފެ ބަދިގެ ގޭޓްތަކާ ހަމައަށް ގެންގޮސްފަ އެވެ. ރެސްޓޯރެންޓުގެ މަސައްކަތްތެރިން ގެރިއަށް މަރުހަބާ ކިޔާފައި ވެއެވެ.

"އަހަރެމެންގެ ދަނޑުވެރި ކަމާއި އިގްތިސޯދު ބަރޯސާ ވެފައި ވަނީ ގެރީގެ މައްޗަށް އެހެންވެ އަހަރެމެންގެ ރެސްޓޯރެންޓް އިފްތިތާހު ކޮށްދިނީ ގެރި ލައްވާ" ރެސްޓޯރެންޓްގެ ވެރިޔާ ޝައިލެންދްރާ ސިންގް ބުންޏެވެ.

ސިންގް ވިދާޅުވީ އެފަދަ ރެސްޓޯރެންޓެއްގެ ހިޔާލު އައީ ނިއުޓްރިޝަން، ކެމިކަލް ނުހިމެނޭ ކާނާ ކެއުމަށް މީހުންގެ ޝައުގުވެރިވެފައިވާ މިންވަރު ބޮޑު ކަމުން ކަމަށެވެ.

"މީހުންނަށް މިހާރު އިހުސާސް ކުރެވެނީ ދުޅަހެޔޮ ހަށިގަނޑަކީ ފުރަތަމަ އިސްކަން ދޭންޖެހޭ ކަންތައް ކަމަށް،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.