ގުރައިދޫ އިންތިހާބަށް އާސަންދައިން 170 މިލިއަން ބެހި ކަމުގެ ތުހުމަތު

އެ ތުހުމަތުތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައްދު ވެސް ދެއްވިއެވެ. އޭނާ އޭރު ވިދާޅުވީ، އެތެރޭގެ އިންތިހާބާ، އާސަންދައިގެ ހަރަދާ ގުޅުވޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން --

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އާސަންދައިން އެ ދާއިރާގެ ރައްޔިތުންނަށް 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމަވުން އަލީ ވިދާޅުވީ އެ ހަރަދު އެހާ ބޮޑު ވެފައިވަނީ، އެކި ގޮތްގޮތުން އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި، ވޯޓު ގަތުމަށް އާސަންދަ ބޭނުންކޮށްފައިވާތީއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީ އިއްތިފާގެއް ނޫން. ބައި އިލެކްޝަން ހިނގި 13 ދުވަހުގެ ތެރޭގައި، 170 މިލިއަން ރުފިޔާ އާސަންދައިން ނުވަތަ އެންސްޕާއިން ސިއްހީ ހިދުމަތުގެ ގޮތުގައި މިދޭ ސަބްސިޑީގެ ގޮތުގައި ހަރަދު ކުރަން މިޖެހުނީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ހަރަދު ކުރެވުނީ ކޮން ބަޔަކަށް ކަމަށާއި، އަދި އެ މީހުން ވޯޓުލީ ކޮންގޮތަކަށްކަން ބަލަން ޖެހޭކަމަށެވެ. އަދި، މިދިޔަ ފަސް އަހަރާ ހިލާފަށް، މިހާރު ސަރުކާރުގައި ތިއްބަވާ މެންބަރުން އެފަދަ ތުހުމަތުތަކުން ރެކިވަޑައިގަންނަވަން ވެސް ނޫޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގުރައިދޫ ދާއިރާގައި ވެސް، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން އެއީ ފަހުރެއް ކަމުގައި ދެކި، އެއީ އެކަން ކޮންމެހެނަކުން ކުރާންޖެހޭ ގޮތް ކަމުގައި ގަބޫލުކޮށް، ފާޅުކޮށް އެކަމަށް އިއުތިރާފުވެ، އެކަން ދިފާއު ކޮށްފައި ވާހަކަދައްކަނީ" އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް އެ ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިހާބު ކުރިއަށް ދިޔަ އިރު ގެސްޓް ހައުސްއެއްގައި އެންސްޕާގެ ކައުންޓަރެއް ބަހައްޓާފައި ހުރިކަމަށެވެ. އަދި އެ ކައުންޓަރުގެ މެނޭޖަރާ ވާހަކަ ދައްކާލުމުން "މިއުޅެނީ އިންތިހާބުގެ ކަންތަކުގައޭ" ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އިބްރާހީމް ޝާޒް ކާމިޔާބު ކުރެއްވީ ކުރިން އެ ގޮނޑީގައި އިންނެވި، މަރުހޫމް އިބްރާހީމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއާ ވާދަ ކުރައްވައެވެ. ޕީޕީއެމްގެ ބާރުގަދަ އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރުން ވަނީ ފާހަގަކޮށްފައެވެ.

ހަނދާން އާކޮށްލުމެއް - މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ވެސް އާސަންދަ މެދުވެރިކޮށް ރިޝްވަތު ބެހި ކަމަށް ތުހުމަތު އަމާޒުވިއެވެ. އެފަހަރު އެ ވާހަކަދެއްކެވީ، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އޭރު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އޮތް، މި އަހަރުގެ ޖަނަވަރީ މަހު އާސަންދައިގެ ހަރަދުތައް މަތިވީ އެ އިންތިހާބާ ގުޅިގެންތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ.

"މިދިޔަ އަހަރުގެ ޖަނަވަރީ މަހާ މިއަހަރުގެ ޖަނަވަރީމަހާ ހުރި ތަފާތުގައި، އާސަންދައަށް މިދިޔަ ޖަނަވަރީ މަހު 67.9 މިލިއަން ރުފިޔާ ހަރަދު ކުރެވުނީ، މި އަހަރުގެ ޖަނަވަރީ މަހު 283.4 މިލިއަން ރުފިޔާ އާސަންދައަށް ހަރަދު ކުރެވިއްޖެ،" މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، އެމަނިކުފާނު ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައްދު ވެސް ދެއްވިއެވެ. އޭނާ އޭރު ވިދާޅުވީ، އެތެރޭގެ އިންތިހާބާ، އާސަންދައިގެ ހަރަދާ ގުޅުވޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"މި ފައިސާއަކީ މީ މީހުންގެ އަތަށް ދޭ ފައިސާއެއް ނޫން، ތަންތަނުގެ ބިލްތަކަށް މި ފައިސާ މި ދައްކަނީ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވި ގޮތުގައި އެ ބިލްތަކަށް ފައިސާ ދައްކަނީ އެ މަހެއްގެ ތެރޭ ހޯދި ހިދުމަތްތަކަށް އެކަންޏެއް ނޫނެވެ. އެކަން މެނޭޖް ކުރަމުން އަންނަނީ އާސަންދަ ކުންފުނީގެ ކޭޝްފްލޯއަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.