ހައިރައިޒްއިން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަނީ

ރޯޔަލް އެކަޑަމީގައި ދަރިވަރުން ތަމްރީނުތަކަށް ބޭނުން ކުރުމަށް ވިއްސަށްވުރެ ގިނަ އެއާކްރާފްޓްގެ ޕްލީޓެއް މަލްޓި އިންޖީނު އެއާކްރާފްޓް ތަކާއެކު އޮންނަ އިރު މެދުކެންޑުމެއްނެތި ދަރިވަރުންނަށް ތަމްރީނު ތަޖުރިބާ ހޯދައިދެ އެވެ.

ފިލްޕީންސްގެ ޕައިލެޓުން ތަމްރީން ކުރާ ރޯޔަލް އޭވިއޭޝަން އެކަޑަމީ

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އިވެންޓްތައް މެޏޭޖު ކުރާ ދިވެހި ކުންފުނި، ހައިރައިޒް އާއި ފިލްޕީންސްގެ ޕައިލެޓުން ތަމްރީން ކުރާ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

މިއިވެންޓުގައި ބައިވެރިވާން ޝައުގުވެރިވާ އެންމެނަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އޮންލައިންކޮށް ރެޖިސްޓާ ވާ މީހުނަށް އިސްކަން ދޭނެ އެވެ. --  މި ލިންކުން ރަޖިސްޓަރީ ވެވޭނެ އެވެ. 

މި ހާއްސަ ނެޓްވޯކިން އިވެންޓު ބާއްވާނީ މި މަހުގެ 29 ވަނަ ދުވަހު ހަވީރު 4:00 ޖަހާއިރު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ. އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިން ކެޕްޓަން މަދޫ ޕުލިޔަން ކަލަތް އާއި ކޮލިޓި ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އާއި ހެޑްއޮފް މާކެޓިންގް އެންޑް ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަފުޅު ދައްކަވާނެ އެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް އާއި ސީޕީއެލް އާއި މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓަ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކަޑެމީ އެކެވެ. ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް އެންމެ މަގުބޫލުކަން ހޯދާފައި ވެއެވެ. 

ރޯޔަލް އެކަޑަމީގައި ދަރިވަރުން ތަމްރީނުތަކަށް ބޭނުން ކުރުމަށް ވިއްސަށްވުރެ ގިނަ އެއާކްރާފްޓްގެ ޕްލީޓެއް މަލްޓި އިންޖީނު އެއާކްރާފްޓް ތަކާއެކު އޮންނަ އިރު މެދުކެންޑުމެއްނެތި ދަރިވަރުންނަށް ތަމްރީނު ތަޖުރިބާ ހޯދައިދެ އެވެ. 

އެ އެކަޑަމީން ރާއްޖެ އާއި އިންޑިއާ އާއި ނޭޕާލާއި ބަންގްލަދޭޝް އާއި ފިޖީ އާއި ޖަޕާނާއި ވިއެޓްނާމާއި އޮސްޓްރޭލިއާ އާއި ފްރާންސާއި ސައުދީ އާއި ޔޫއޭއީ އާއި އޮމާނާއި ޕަޕުއާ ނިއުގިނީ އާއި މެލޭޝިއާ އާއި އީރާނާއި ދެކުނު ކޮރެއާ އާއި ފިލިޕީންސް އާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނި ކޮށްދީފައިވެ އެވެ.

އަދި 80 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން އެ އެކަޑެމީގައި ކިޔަވަ އެވެ. 2023 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެކި އިންޓޭކްތަކަށް 50 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވަނީ އެޑްމިޝަން ހޯދާ އެންރޯލުވެފަ އެވެ.

"ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރޯޔަލް އެކަޑަމީގައި މިހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިން ހަދަމުން ދާ ދަނޑިވަޅެއްގައި ރާއްޖެއަށް ޒިޔާރަތްކޮށް ދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހިންނާ ބައްދަލު ކޮށްލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް" ކެޕްޓަން މަދޫ ޕުލިޔަން ކަލަތް ވިދާޅުވި އެވެ.

"މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް އިންޑަސްޓްރީގެ އިސްވެރިންނާ އެކު ނެޓްވޯކް ކޮށް، ހިޔާލު ބަދަލުކޮށް، އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ދަސްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.