ކޮވިޑް އިތުރުވެ، 28 މީހަކު އެޑްމިޓްކޮށްފައި

ރާއްޖޭގައި މިހާތަނަށް 186،042 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެ ބަލީގައި 311 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ސާމްޕަލް ނެގުން: ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މަތިވަމުން

ކޮވިޑް-19 ޖެހޭ މިންވަރު އިތުރު ވެފައިވާ ކަމަށާއި، މިވަގުތު 28 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި މިދިޔަ ހަފްތާގެ ކޮވިޑް އަޕްޑޭޓަށް ބަލާއިރު، 148 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވާ އަދަދެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުގައި މިދިޔަ ހަފްތާ 100 ކޭސް ފެނުނީ މާލެ ސަރަހައްދުންނެވެ، 11 ކޭސް ރަށްރަށުން ފެނިފައިވާއިރު 37 ކޭސް ފެނިފައި ވަނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުންނެވެ.

އޭގެ ކުރީ ހަފްތާ 84 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެފައި ވެއެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު، ހުމާ ރޯގާ ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 30628 ކޭސް ރިޕޯޓު ކޮށްފައިވާއިރު މިދިޔަ މަހު އެ އަދަދު ވަނީ 37،969 އަށް އިތުރުވެފަ އެވެ.

މިދުވަސްވަރު ރޯގާއާއި ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭ އިން ދަނީ އެކަމަށް ރައްކާތެރިވުމަށް އަންގަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 186،042 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެ ބަލީގައި 311 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.