ގޮނޑި ކާމިޔާބު ކުރަން ނަޝީދު ވެދެއްވި އެހީއަށް ޕީޕީއެމްގެ ޝުކުރު

އާދަމް ޝަރީފް ވަނީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ފަރާތުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އަދި މަަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- މި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކ. ގުރައިދޫގެ ބައި-އިލެކްޝަން ޕީޕީއެމަށް ކާމިޔާބު ކޮށްދޭން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނުން ކޮށްދިން މަސައްކަތަށް އެ ޕާޓީ އިން ޝުކުރު އަދާ ކޮށްފި އެވެ.

ގުރައިދޫ ދާއިރާގެ މަޖިލީސް ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަކުރެއްވި އިބްރާހީމް ޝާޒެވެ. އޭނާއަށް 1346 ވޯޓު ލިބިފައިވާއިރު، ޕީޕީއެމްގެ ކެނޑިޑޭޓް ހުސައިން ރިޒާ އާދަމް އަށް ލިބުނީ 1226 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުގެ ކުރިން އާދަމް ޝަރީފް ވަނީ އެމްޑީޕީ އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ޕީޕީއެމްއަށް ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު ދަންނަވާފަ އެވެ.

އާދަމް ޝަރީފް ވަނީ ވަކިން ހާއްސަކޮށް އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ފަރާތުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ.

"މި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކޮށްދިނުމަށް ފިކުރެއްގެ ދިރުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދެއްވާފައި ވާތީ އެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަޝީދު ފެކްޝަނަށް ޕީޕީއެމް ޝުކުރު ދެންނެވިއިރު، ޝާޒަށް ވޯޓު ނުދިނުމަށް އެދި އެ ފެކްޝަނުގެ ބޭފުޅުން އެމްޑީޕީގެ މެމްބަރުންނަށް ގުޅުއްވަމުން ގެންދެވި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރިން ވަނީ ތުހުމަތު ކުރައްވާފަ އެވެ. ޕާޓީ "ފުނޑާލަން" މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނާކާމިޔާބު ކޮށްލައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެ އެވެ.

ޕީޕީއެމްގެ ތުހުމަތަކީ އެމްޑީޕީ އިން އިންތިހާބު ކާމިޔާބުކުރީ ސަރުކާރުގެ ހުރިހާ ނުފޫޒެއް ބޭނުންކޮށް އެތައް މިލިއަން ރުފިޔާ ބަހައިގެން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.