ކޮވިޑް ގްރާންޓްގެ އާ ބުރަށް ހުުޅުވާލައިފި

ވޯލްޑް ބޭންކްއާ ގުޅިގެން މާލީ އެހީ ދޭ މި ޕްރޮގްރާމުގެ ތިން ވަނަ ބުރަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 އާ ހަމައަށް ދީފައި ވެއެވެ.

"ކޮވިޑް އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ މާލީ އެހީ ދޭ ޕްރޮގްރާމުގެ ތިން ވަނަ ބުރުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހުށަހެޅި އެޕްލިކޭޝަންތައް ރިވިއުކޮށް މިހާރު ދަނީ ގްރާންޓަށް ފައިސާ ދޫކުރަމުންނެވެ. ތިންވަނަ ބުރު މިހާރު ވަނީ ހުޅުވާލާފަ އެވެ. 

ތިންވަނަ ބުރުގައި ގްރާންޓް ދޭން ނިންމާފައި ވަނީ 500 ފަރާތަކަށެވެ.

ވޯލްޑް ބޭންކްއާ ގުޅިގެން މާލީ އެހީ ދޭ މި ޕްރޮގްރާމުގެ ތިން ވަނަ ބުރަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 އާ ހަމައަށް ދީފައި ވެއެވެ.

ގްރާންޓް ދޭނީ ސެޕްޓެމްބަރު 30، 2022 އާއި ހަމައަށް ފާއިތުވި އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ މީހުނަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެ ދިޔަ ހަތަރު ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވާ އިތުރަށް ވަޒީފާއެއް އަދާކުރާ ނަމަ ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު ވަޒީފާ އަދާ ކުރަމުން އަންނަ މީހުނަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.